ރޯމް (މާޗް 18) - މީގެ އަހަރެއްހާ ދުވަސް ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލި އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޑަނިއެލޭ ޑި ރޮސީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ވާދަކުރާ އިޓަލީ ޓީމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރޯމް (މާޗް 18) - މީގެ އަހަރެއްހާ ދުވަސް ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލި އިޓަލީގެ ކުރީގެ މިޑްފީލްޑަރު ޑަނިއެލޭ ޑި ރޮސީ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ވާދަކުރާ އިޓަލީ ޓީމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
އުމުރުން 37 އަހަރުގެ ޑި ރޮސީ، ޖޫން 11 އިން ޖޫލައި 11 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތްކުރާނީ އިޓަލީ ޓީމުގެ ޓެކްނިކަލް ސްޓާފެއްގެ ގޮތުގައި ކަމަށް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު ނުރަސްމީ ކޮށް ކޯޗިން ޓީމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ޓީމާ އެކު މަސައްކަތްކުރާނެ އެވެ. ކޮލިފައިންގައި އިޓަލީ މި މަހު ކުޅޭނީ ނޮތަން އަޔަލެންޑާއި ބަލްގޭރިއާ އަދި ލިތުއޭނިއާއާ އެވެ.
އިޓަލީ ގައުމީ ޓީމަށް 2004 އިން 2017 ވަަނަ އަހަރުގެ ނިޔަލަށް ކުޅުނު ޑި ރޮސީ ވަނީ ގައުމީ ޓީމަށް 117 މެޗު ކުޅެދީފަ އެވެ. އިޓަލީއާ އެކު އޭނާގެ އުސްއައްޔަކީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަމާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕެވެ.
"އިޓަލީ ޓީމަށް ކޮންމެ ގޮތަކަށް ހިދުމަތެއް ކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ވެސް ފަހުރެއް. އިޓަލީ އަށް ކާމިޔާބު ހޯދައިދޭން ކުޅުންތެރިއެއްގެ ގޮތުގައި ކުރި މަސައްކަތް ބެންޗުގައި ހުރެ ވެސް ތަކުރާރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" މިދިޔަ އަހަރު ޖެނުއަރީ މަހު ފުޓްބޯޅަ އިން ރިޓަޔާކުރުމަށް ފަހު ކޯޗިންގެ މަސައްކަތްތަކެއް ކުރަމުން އަންނަ ޑި ރޮސީ ބުންޏެވެ.
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ޑި ރޮސީ ޓީމުގެ ކޯޗިން ސްޓާފުންނާ އެކު މަސައްކަތްކުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އިޓަލީގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ޑި ރޮސީގެ ފަރާތުން ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށް މަންޗިނީ ގަބޫލުކުރެ އެވެ.
ޑި ރޮސީ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުންނެވެ. ޑި ރޮސީ ގައުމީ ޖާޒީގައި ކުޅުނު ފަހު މެޗަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރުގެ ޕްލޭއޮފްގައި ސްވިޑަން އަތުން ބަލިވި މެޗުގަ އެވެ.
އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ މަންޗީނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަަޕަށް އިޓަލީ ކޮލިފައިނުވުމުން އޭރު އެ ޓީމަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. މަންޗިނާގެ ކޯޗުކަމުގައި އިޓަލީން ބޮޑު ކުރިއެރުންތަކެއް ހޯދި އެވެ. މަންޗިނީގެ ކޯޗުކަމުގައި މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވީ ކޮލިފައިން ބުރުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
ޑިރޮސީގެ އަމަލުން ސްވިޑަން ކުޅުންތެރިން އަންތަރީސްވެއްޖެ
ޑި ރޮސީ އޭނާގެ ކުޑައިރުގެ ކްލަބް ސަލާމަތްކޮށްދީފި
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި
ސްވިޒަލެންޑުން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި