ޗެމްޕިއަންސް ލީގުގެ ފައިނަލުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން 5-0 އިން ބަލިވި އިންޓަ މިލާނުގެ ތަޖުރިބާކާރު ޑިފެންޑަރު ފްރެންޗެސްކޯ އެޗެއަބީ، އިޓަލީ ގައުމީ ޓީމަށް ނުދާން ނިންމައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ޕީއެސްޖީ އަތުން 5-0 އިން ބަލިވި އިންޓަ މިލާނުގެ ތަޖުރިބާކާރު ޑިފެންޑަރު ފްރެންޗެސްކޯ އެޗެއަބީ، އިޓަލީ ގައުމީ ޓީމަށް ނުދާން ނިންމައިފި އެވެ.
އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނީ ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ އާއި، މޯލްޑޮވާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގެ ދައުވަތު އެޗެއަބީ ފޮނުވުމުން އޭނާ އެކަން ޕޮޒިޓިވްކޮށް ނުނެގި ކަމަށެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެލެއްޓީ ބުނީ އުމުރުން 37 އަހަރުގެ ކުޅުންތެރިޔާގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، ބެލެވޭ ގޮތުން ގައުމީ ޓީމަށް ނުދާން ނިންމީ މިދިޔަ ދުވަސްތަކުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ކަމަށެވެ.
އެކަމަކު އެޗެއަބީ ފަހުން ބުނީ ގައުމީ ޓީމަށް ނުދާން ނިންމުމާ، އިންޓަ ބަލިވުމާ ސީދާ ގުޅުމެއް ނެތް ކަމަށާއި އޭނާ ދައުވަތު ގަބޫލުނުކުރީ ކޯޗުގެ ޕްރޮޖެކްޓުގައި އޭނާ ހިމެނޭ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގައުމީ ޓީމަށް އެޗްރެބީ ގެންނަން ސްޕެލެއްޓީ އެންމެ ފުރަތަމަ ބޭނުމެއް ވެސް ނުވި ކަމަށެވެ. އެކަމަކު އާސެނަލްގެ ރިކާޑޯ ކަލިފިއޯރީ އާއި، ނަޕޯލީގެ އަލެސަންދްރޯ ބޮންޖޯނޯ އަށް އަނިޔާވެފައިވާތީ އެޗެއަބީ އަށް ގުޅަން މަޖުބޫރުވީ އެވެ.
އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި އެޗެއަބީ ވަނީ ގައުމީ ޓީމުގެ އިސް މީހުންގެ ފަރާތުން އޭނާ އަށް އިހުތިރާމް ނުލިބޭ ކަމަށް ބުނެފަ އެވެ.
"ފަހަކަށް އައިސް ހިނގާފައިވާ ކަންކަމަށް ބަލާއިރު، މި ދަތުރު ކުރިއަށްގެންދަންވީ ހާލަތެއް ނެތް. އަހަރެން ބަހަނާއެއް ދައްކަނީކީ ނޫން. އަދި ހާއްސަ ގޮތެއް ހަދައިދޭން އެދެނީއެއް ވެސް ނޫން. އަހަރެން ބޭނުންވަނީ އިހުތިރާމް. އެކަން ނެތިއްޔާ އަހަރެން ހުންނާނީ ދުރުގައި،" އެޗްރެބީ ލިޔެފައިވެ އެވެ.
އޭނާ ބުނި ގޮތުގައި މި ނިންމުން ނިންމީ ފައިނަލުން އިންޓަ ބަލިވުމުގެ މާޔޫސްކަމާއި، ރުޅީގައި ނޫން ކަމަށެވެ. އަދި ގައުމީ ޓީމުގައި ނެތަސް އަބަދުވެސް ޓީމަށް ސަޕޯޓާއި، ލޯބި ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެންމެ ފަހުގެ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވި އިޓަލީން، މި ފަހަރުގެ ކޮލިފިކޭޝަނުގެ ދަތުރު ފަށާނީ ހުކުރު ދުވަހު ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. އޮސްލޯގައި އޮންނަ މި މެޗަށް ފަހު ހޯމަ ދުވަހު އިޓަލީން މޯލްޑޮވާއާ ދެކޮޅަށް ކުޅޭނީ އަމިއްލަ ގައުމުގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެސްޓޯނިއާ އާއި، އިޒްރޭލެވެ.
އިޓަލީން މޮރީނިއޯ ގެންނަން ބޭނުންވި، ދެކޮޅުހެދީ ބުފޮން
އިޓަލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި
އިޓަލީ ގައުމީ ޓީމާ ހަވާލުނުވާން ރަނިއޭރީ ނިންމައިފި
ސްޕެލެއްޓީ ވަކިކޮށްފި، އިޓަލީން ބޭނުންވަނީ ރަނިއޭރީ
ކޮލިފައިން ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން