އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ދިން ފުރުސަތު ގަބޫލުނުކުރަން އެ ގައުމުގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ ނިންމައިފި އެވެ.
އިޓަލީ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ދިން ފުރުސަތު ގަބޫލުނުކުރަން އެ ގައުމުގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ ނިންމައިފި އެވެ.
އިޓަލީން އާ ކޯޗެއް މި ހޯދަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން، މިދިޔަ ހަފުތާގައި ނޯވޭ އަތުން 3-0 އިން ބަލިވުމާ ގުޅިގެން ކޯޗު ލޫސިއާނޯ ސްޕެލެއްޓީ މަގާމުން ވަކިކުރުމަށް ފަހު އެވެ. ސްޕެލެއްޓީގެ ފަހު މެޗުގައި ރޭ އިޓަލީ ވަނީ މޯލްޑޮވާ އަތުން 2-0 އިން މޮޅުވެފަ އެވެ.
އިޓަލީން ރަނިއޭރީ ގެންނަން ބޭނުންވީ، އޭނާ އަކީ ނަތީޖާ ގޯސްވެ، ރޫހު ގެއްލިފައިވާ ޓީމުތައް ހަމަޔަކަށް އެޅުވުމުގެ މާހިރަކަށްވުމުންނެވެ.
ރަނިއޭރީ މިއަދު ބުނީ، އިޓަލީން ދިން ފުރުސަތަށް ޝުކުރުއަދާކުރާ ކަމަށާއި އެކަމަކު ހަވާލުވެވެން ނެތް ކަމަށެވެ. މިދިޔަ ސީޒަނުގައި ރޯމާ ރެލިގޭޝަން ޒޯނާ ކައިރިއަށް ދިއުމުން ހަވާލުވެ ރަނގަޅު ހިސާބަކަށް ގެންދިޔަ ރަނިއޭރީ، އަންނަ ސީޒަނުން ފެށިގެން ދެމި ހުންނާނީ އެ ކްލަބުގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އިޓަލީން ވަނީ އެ މަގާމުގައި ހުރެ ވެސް، އިޓަލީގެ ކޯޗަކަށް އޭނާ އަށް ހުންނަން ފުރުސަތު ދީފަ އެވެ. ރަނިއޭރީ ބުނީ، މިއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށާއި، ކްލަބުން އޮތީ އޭނާގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމުކުރާ ގޮތަށް ކަމަށެވެ.
"އިޓަލީގެ ކޯޗުކަމުގެ ފުރުސަތަކީ ޝަރަފެއް. އެކަމަކު ވަރަށް ބޮޑަށް ވިސްނުމަށް ފަހު އަހަރެން ނިންމީ، ރޯމާގެ އާ މަގާމަށް ފުރިހަމަ ސަމާލުކަންދިނުމުގައި ދެމި ހުންނަން،"
ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީން ދެން މަސައްކަތްކުރާނީ ސައޫދީ އަރަބިއްޔާގެ އަލް ނަސްރުގެ ކޯޗު ސްޓެފާނީ ޕިއޮލީ ގެންނާށެވެ. ޕިއޮލީ އޮތީ ފިއޮރެންޓީނާއާ ހަވާލުވާން ވެސް އެއްބަސްވެފަ އެވެ. އެކަމަކު އިޓަލީން ފުރުސަތު އޮވެއްޖެ ނަމަ އޭނާ އިސްކަންދޭނީ ގައުމީ ޓީމަށެވެ. ޕިއޮލީ އަކީ އޭސީ މިލާން ވެސް ހާލުގައި ޖެހުނުވަގުތު ހަވާލުވެ އެ ޓީމަށް ލީގު ހޯދައިދީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗެކެވެ.
މިދިޔަ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވި އިޓަލީ މިވަގުތު އޮތީ ކޮލިފައިންގެ ގްރޫޕް ތިން ވަނައިގަ އެވެ. އަންނަ އަހަރު އޮންނަ މުބާރަތަށް ސީދާ ކޮލިފައިވާނީ އެއް ވަނަ ހޯދާ ޓީމެވެ. ދެ ވަނަ ޓީމަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ.
ސްޕެލެއްޓީ ވަކިކޮށްފި، އިޓަލީން ބޭނުންވަނީ ރަނިއޭރީ
އިޓަލީން ގުޅައިފި ނަމަ ދާން ތައްޔާރު: ރަނިއޭރީ
އިޓަލީން މޮރީނިއޯ ގެންނަން ބޭނުންވި، ދެކޮޅުހެދީ ބުފޮން
އިޓަލީގެ ކޯޗަކަށް ގަޓޫސޯ ހަމަޖައްސައިފި
ކޮލިފައިން ފުރަތަމަ މެޗުން އިޓަލީ ބަލިވެއްޖެ
އިޓަލީ ގައުމީ ޓީމުގެ ދައުވަތު އެޗެއަބީ ބޮލާލާ ޖަހައިފި
ރޯމާ އިން ގޮވާލުމުން ރަނިއޭރީ އަށް ގެޔަކު ނޯވެވުނު
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު