13 އޮކްޓޯބަރ 2024
އިޓަލީ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއް އާއިލާ ކަމަށްވާ މަލްޑިނީ އާއިލާގެ ތިން ވަނަ ޖީލުގެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅެން ފަށައިފި އެވެ.
އިޓަލީ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެއް އާއިލާ ކަމަށްވާ މަލްޑިނީ އާއިލާގެ ތިން ވަނަ ޖީލުގެ ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅެން ފަށައިފި އެވެ.
ލޫސިއާނޯ ސްޕެލެއްޓީ ކޯޗުކޮށްދޭ އިޓަލީ ޓީމުން މި ފަހަރު ޖާގަ ދިން މަލްޑިނީ އާއިލާ ކުޅުންތެރިޔަކީ މޮންޒާގެ ޑެނިއަލް މަލްޑިނީ އެވެ. އޭނާގެ ބައްޕަ ޕައޮލޯ މަލްޑިނީ އާއި ކާފަ ސެޒާރޭ މަލްޑިނީ ވެސް ނޫ ޖާޒީގެ ވިދުން ގަދަވި ދެ ކުޅުންތެރިންނެވެ.
އެޓޭކިން މިޑްފީލްޑް ރޯލަށް ކުޅޭ ޑެނިއަލް، 22، އަށް ފުރުސަތު ދިނީ ޔުއެފާ ނޭޝަންސް ލީގުގެ މި ހަފުތާގެ މެޗުތަކަށް ނެގި ސްކޮޑުންނެވެ. އެކަމަކު ފުރަތަމަ މެޗުގައި ބެލްޖިއަމްއާ 2-2 އިން އެއްވަރުވި މެޗުގައި އޭނާ އަށް ކުޅެން ފުރުސަތު ނުލިބެ އެވެ. ބެލެވޭ ގޮތުގައި މާދަމާރޭ އިޒްރޭލާ ދެކޮޅަށް އިޓަލީ ކުޅޭ މެޗުގެ ކޮންމެވެސް ހިސާބަކުން ކޯޗު އޭނާ އަށް ފުރުސަތު ދޭނެ އެވެ.
އިޓަލީ ގައުމީ ޓީމަށް 1988-2002 އަށް ކުޅެ އޭގެ ތެރެއިން ގިނަ މެޗުތަކެއްގައި ކެޕްޓަންކަން ވެސް ކުރި ޕައޮލޯ މަލްޑިނީ ބުނީ އޭނާގެ ދަރިފުޅަށް ގައުމީ ޓީމުން ލިބުނީ ހައްގު ޖާގައެއް ކަމަށެވެ.
"އޭނާ އަބަދުވެސް ބުރަކޮށް މަސައްކަތްކުރޭ. އޭނާގެ ކިބައިގައި ޝޫޓްކުރުމާއި، ގޭމް ރީޑިންގެ އާދަޔާހިލާފު ހުނަރުތަކެއް އެބަހުރި. ޖިސްމާނީ ގޮތުން ވެސް އޭނާ ވަނީ ހެދިބޮޑުވެފައި. މި ފުރުސަތު އޭނާ އަށް ހައްގުވޭ،" އިޓަލީއާ އެކު 1994 ގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ކުޅަދާނަ ޑިފެންޑަރު ބުންޏެވެ.
މަލްޑިނީ ބުނީ އެ އާއިލީ ނަމުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަކު ޑެނިއަލް އަށް އެ ބުރަ އުފުއްލޭނެ ކަމަށެވެ.
އޭނާގެ ކަފާ ސެޒާރޭ މަލްޑިނީ އިޓަލީ ގައުމީ ޓީމަށް ކުޅުނީ 1960-1963 އަށެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
ކާފާ އާއި ބައްޕައެކޭ އެއްގޮތަށް ޑެނިއަލް މަލްޑިނީ ވެސް ކްލަބް ކެރިއަރުގައި އޭސީ މިލާނަށް ވެސް ކުޅުނެވެ. އޭނާ އަކީ އެ ޓީމުން 2022 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ނަމަވެސް އެކަށީގެންވާ ފުރުސަތު ނުލިބޭތީ މޮންޒާ އަށް ބަދަލުވީ އެވެ.
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި
ސްވިޒަލެންޑުން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި
ސުވިސްގެ ކަންބޮޑުވުމެއް ނެތް، އިޓަލީ ޖެހިލުން ވެދާނެ
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް