Roadha Mihaaru

ލިލް ކަޓުވާލައި ޕީއެސްޖީ ފްރެންޗް ކަޕް ކުއާޓާ އަށް

ޕެރިސް (މާޗް 18) - ފްރެންޗް ލީގު ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ 3-0 އިން ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިލް ބަލިކޮށް ޕީއެސްޖީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ލިލް ކަޓުވާލައި ޕީއެސްޖީ ފްރެންޗް ކަޕް ކުއާޓާ އަށް

ޕެރިސް (މާޗް 18) - ފްރެންޗް ލީގު ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ރޭ 3-0 އިން ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތް ލިލް ބަލިކޮށް ޕީއެސްޖީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޕީއެސްޖީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އަމިއްލަ ދަނޑުގައިވަނީ ނޯންޓެސް އަތުން ބަލިވެފަ އެވެ. އެ މެޗު ކުޅުނު ވަގުތުގައި ޕީއެސްޖީގެ އެންހެލް ޑި މާރިއާ އާއި މާކުއީނިއޯސްގެ ގެޔަށް ބަޔަކު ވަދެ އެ ދެ ކުޅުންތެރިންގެ އާއިލާ މެމްބަރުންނާ ވަނީ ދިމާކޮށް ވަނީ ބިރު ދައްކައިފަ އެވެ. އެ މައްސަލަ ފްރާންސް ފުލުހުން ބަލަމުން އަންނައިރު، ޕީއެސްޖީން ވަނީ ކުޅުންތެރިންގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

ރޭގެ މެޗުގެ ނުވަ ވަަނަ މިނިޓްގައި ޕީއެސްޖީގެ ޑި މާރިއާ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިލް ޑިފެންޑަރުންނާއި ގޯލްކީޕަރު ހެދި ގޯހެއްގެ ފައިދާނަގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ މައުރޯ އިކާޑި އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިކާޑީ ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ކީލިއަން އެމްބާޕޭ އެވެ.

މެޗުގެ 41 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ އެމްބާޕޭ އަށް ލިލްގެ ޒެކީ ސެލިކް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލިލް އަށް ލަނޑެއް ޖަހައިދޭން މެޗުގެ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔޫސުފް ޔަޒީޝީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ. މިއީ ލިލްގެ ޖެރެމީ ޕައިޑް ނެގި ބޯޅައެއް ޕީއެސްޖީގެ ލަވިން ކުރްޒާވާ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ޕީއެސްޖީގެ ފަހު ޖެހީ މެޗުގެ އިތުރު ވަގުތުގައި އެމްބާޕޭ އެވެ.