Roadha Mihaaru
ތުރުކީއަށް ހާއްސަ މާކެޓިން ކެމްޕެއިނެއް ފަށައިފި

ތުރުކީގެ ޑިޖިޓަލް ފެއާއެއްގައި ރާއްޖެ ބައިވެރިވެއްޖެ

26 ފެބުރުއަރީ 2021

ތުރުކީގައި ބޭއްވި ޑިޖިޓަލް ފެއާއެއް ކަމުގައިވާ "ތުރުކީ އިޒްމީރް" 14 ވަނަ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތުރުކީގައި ބޭއްވި ޑިޖިޓަލް ފެއާއެއް ކަމުގައިވާ "ތުރުކީ އިޒްމީރް" 14 ވަނަ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މިފެއާގައި ރާއްޖެއިން ބައިވެރިވީ ރާއްޖެއަށް ތުރުކީން އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިއީ ތުރުކީގައި ބާއްވާ ޓްރެވަލް ޓްރޭޑް ފެއާތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ބޭއްވި ފެއާ އެވެ. އިއްޔެ ފެށި މިފެއާ އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ކުރިއަށްދާނެ އެވެ.

މިފެއާގެ ތެރެއިން ވަކި ވަކި ޓްރެވަލް އޭޖެންޓުންނާއި ފެއާގައި ބައިވެރިވާ އެހެން ފަރާތްތަކާ އެކު ބައްދަލުވުންތައް ކުރިއަށްގެންދާނެ އެވެ. މި ފެއާގައި ޕެނަލް ޑިސްކަޝަންސްތަކާއި ކޮންފަރެންސްތަކާއި ނެކްވޯކިން ސެޝަންތައް ކުރިއަށްދާނެ އެވެ.

މި ފެއާގެ ސެޝަންތަކުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖެ އާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ކުރަމުން އަންނަ އިރު އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރު ކުރުމަކީ އެމްއެމްޕީއާރްސީގެ އަމާޒެކެެވެ. މިިިދިޔަ އަހަރު ކޮވިޑްގެ ހާލަތުގައި ވެސް އެ ގައުމުން 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ.

މިދޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ ފަސް ލައްކަަ ޓޫރިސްޓުންނެވެ.