Roadha Mihaaru
ފްރޭންކްފާޓުން ބަޔާން ބަލިކޮށްފި

ފްރޭންކްފާޓުން ބަޔާން ބަލިކޮށްފި

21 ފެބުރުއަރީ 2021

ފްރޭންްކްފާޓް (ފެބްރުއަރީ 21) - ޖަރުމަނު ލީގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓުން 2-1 އިން ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.

ފްރޭންްކްފާޓް (ފެބްރުއަރީ 21) - ޖަރުމަނު ލީގުގައި ރޭ އެއިންޓްރަކްޓް ފްރޭންކްފާޓުން 2-1 އިން ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް 21 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. ހާތާ ބާލިންއާ ދެކޮޅަށް މިރޭ ލައިޕްޒިގު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ބަޔާންގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.

ދާދި ފަހުން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ބަޔާން ލީގުގައި މިދިޔަ ހޯމަ ދުވަހު ކުޅޭނު މެޗުން ވަނީ އާރްމީނިއާ ބީލަފީލްޑާ 3-3 އިން އެއްވަރުވެފަ އެވެ. ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ބުނީ ބީލަފީލްޑް މެޗުގައި ލިބުނު ފިލާވަޅުތަކުން ބަޔާނަށް ދަސްވި އެއްޗެއް ނެތް ކަމަށާއި ރޭގެ މެޗުން ބަލިވުމުގެ ސަބަބަކީ އެއީ ކަމަށެވެ.

"ހަމައެކަނި ފަހަތުން އަރައިގެން ނަތީޖާ ނެރެވޭނެކަމަށް އަބަދު އުއްމީދުކުރުމަކީ ރަނގަޅު ކަމެއް ނޫން. މެޗު ޑޮމިނޭޓްކުރަންވީ ފެށިގެން. އޭރުން ނަތީޖާ ނެރެވޭނީ،" ނޯޔާ ބުންޏެވެ.

ފްރޭންކްފާޓުން ރޭގެ މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޑައިޗީ ކަމާޑާ އެވެ. ކަމާޑާ ދިން ބޯޅައަކުން މެޗުގެ 31 ވަނަ މިނިޓްގައި ފްރޭންކްފާޓުގެ ދެ ވަނަ ގޯލު ޖެހީ އަމީން ޔޫނެސް އެވެ. މި މެޗުގައި ފްރޭންކްފާޓުން ދެ ގޯލު ޖެހިއިރު، އެ ޓީމު އެންމެ ފަހުން ކުޅުނު 11 މެޗުގައި ވެސް ވަނީ މަދުވެގެން ދެ ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފްގައި ބަޔާންގެ ގޯލު ޖެހި ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ ލެރޯއި ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ޖެހި 26 ވަނަ ގޯލެވެ.