14 މާޗް 2021
މިއުނިކް (މާޗް 14) - ޖަރުމަނު ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ގޯލާ އެކު، ވާޑާ ބްރެމެން އަތުން 3-1 އިން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މިއުނިކް (މާޗް 14) - ޖަރުމަނު ލީގުގައި ރޭ ރޮބަޓް ލެވަންޑޯސްކީގެ ގޯލާ އެކު، ވާޑާ ބްރެމެން އަތުން 3-1 އިން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ބަޔާނަށް 25 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގަށް ވަނީ 24 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. މިރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ލައިޕްޒިގު މޮޅުވެއްޖެނަމަ ބަޔާންގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ގޯލުތައް ޖެހީ ލެއޯން ގޮރެޓްޒްކާ އާއި ސާޖް ގްނަބްރީ އެވެ. މި ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ ތޯމަސް މުލާ އެވެ.
ދެ ވަނަ ހާފުގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހީ ލެވަންޑޯސްކީ އެވެ. މިއީ ލީގުގައި ލެވަންޑޯސްކީ ޖެހި 268 ވަނަ ގޯލެވެ. މި ގޯލާ އެކު ލެވަންޑޯސްކީ ވަނީ ކުރީގެ ފޯވާޑް ކްލައުސް ފިޗާގެ ރެކޯޑާ ހަމަކޮށްފަ އެވެ. މިހާރު ލެވަންޑޯސްކީ އަށް ވުރެ ގިނައިން ޖަރުމަނު ލީގުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއަކީ ކުރީގެ އެއް ވަނަ ފޯވާޑް ގާޑް މުލާ އެވެ. ލިސްޓުގެ ކުރީގައި މުލާ އޮތީ 365 ގޯލު ޖަހައިގެންނެވެ.
މި ފަހަރު ލީގުގައި ލެވަންޑޯސްކީ ވަނީ 32 ގޯލު ޖަހައިފަ އެވެ. ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް ގާޑް މުލާ އަތުގަ އެވެ. މީގެ ކުރިން ގާޑް މުލާ ވަނީ ލީގުގެ އެއް ސީޒަނެއްގައި 40 ގޯލު ޖަހައިފަ އެވެ.
ހާތާ ބާލިން އަތުން 2-0 އިން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޑޯޓްމަންޑްގެ ގޯލުތައް ޖެހީ ހޫލިއަން ބްރަންޑް އާއި ޔޫސޮފާ މޫކޯކޯ އެވެ. ޑޯޓްމަންޑް ފަސް ވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން ލީޑުފުޅާކޮށްފި
ލެވަންޑޯސްކީގެ ހެޓްރިކުން ބަޔާނުން ޑޯޓްމަންޑް ބަލިކޮށްފި
މުލާގެ ރެކޯޑު މުގުރާލުމަކީ ލެވަންޑޯސްކީގެ އަމާޒެއް
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާނަށް ބޮޑު މޮޅެއް
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ
ބެޔާން އަނެއްކާވެސް ވެއްޓިއްޖެ، ކޮންޓްރޯލް ޑޯޓްމަންޑަށް