ބެޔާން މިޔުނިކް، މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ކްލަބްގެ ލެޖެންޑް ތޯމަސް މުލާ އަށް ފަހުގެ އަލްވަދާއު ކިޔައިފި އެވެ.
11 މެއި 2025
ބެޔާން މިޔުނިކް، މި ސީޒަންގައި އަމިއްލަ ދަނޑުގައި ކުޅުނު ފަހު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ކްލަބްގެ ލެޖެންޑް ތޯމަސް މުލާ އަށް ފަހުގެ އަލްވަދާއު ކިޔައިފި އެވެ.
ބުންޑެސްލީގާގައި ރޭ ބޮރޫޝިއާ މޮންޗެންގްލެޖްބާކާ ދެކޮޅަށް ބެޔާނުން ރޭ ކުޅުނު މެޗަކީ މުލާ، 35، އެ ޓީމުގެ ދަނޑުގައި ކުޅޭނެ ފަހު މެޗެވެ. މި ސީޒަނަށް ފަހު އޭނާ ވަނީ އެ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.
އުމުރުން އެނެމް 10 އަހަރުގައި އެ ކްލަބްގެ އެކަޑަމީއާ ގުޅި ޔޫތު ޓީމުތަކަށް ކުޅެ ސީނިއާ ޓީމަށް ގާތްގަނޑަކަށް 17 އަހަރު ކުޅުމަށް ފަހު އޭނާ ވަކިވެގެން އެދަނީ ލެޖެންޑެއްގެ ގޮތުގަ އެވެ. އެ ކްލަބްގެ 25 އަހަރު އޭނާ ހޭދަ ކުރި އެވެ.
އެޓޭކިން މިޑްފީލްޑަރަކަށް ކުޅޭ މުލާ ވަނީ ބެޔާނަށް 200 ލަނޑު ޖަހައިދީ، އިތުރު 200 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މުލާ އަށް ފަހުގެ ވަދާއު ކިޔަން ބެޔާންގެ ސަޕޯޓަރުން ދެމި ބެނާ
ރޭ އޭނާ ކުޅުނު މެޗަކީ ބުންޑެސްލީގާގައި އޭނާ ކުޅުނު 502 ވަނަ މެޗެވެ. ބެޔާން އަށް އޭނާ ވަނީ 700 އާ ގާތް ކުރާ އަދަދަކަށް މެޗު ކުޅެފަ އެވެ.
ބުންޑެސް ލީގާ 13 ފަހަރު ކާމިޔާބު ކުރި އެވެ. އަދި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކުރި އެވެ.
އެ ކްލަބަށް މުލާ ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ކްލަބްގެ ސަޕޯޓަރުން ދެމި ބެނޭގައި ވަނީ ލިޔެފައި ވަނީ "25 އަހަރުވަންދެން ހުރިހާކަމެއް އަހަރެމެންގެ ކުލަ އަށްޓަކަ" މުލާ ހުސްކޮށްފައިވާ ކަމަށެވެ.
ސަޕޯޓަރުންނާ ވާހަކަ ދައްކަމުން މުލާ ބުނީ ބެޔާން ދޫކޮށްލަން ޖެހުމުން އޭނާ ދެރަ ނުވާ ކަމަށެވެ. އެއީ ކޮންމެ ވެސް ދުވަހަކުން އަންނާނެ ދުވަހެއްކަން އޭނާ ގަބޫލު ކުރަމުން ދިޔަ ކަމަށް ޖަރުމަނުގެ ގައުމީ ޓީމާ އެކު ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރީ މުލާ ބުންޏެވެ.
"އެކަމަކު މިއީ އުނދަގޫ ކަމެއް. އެކަމަކު އެހާ ހިތްގައިމު ކަމެއް. ސަޕޯޓަރުން އަހަންނަށް ދިން ހާއްސަ ވަދާއީ އަށްޓަކައި،" ބެޔާންގެ ސަޕޯޓަރުންނާ މުހާތަބުކޮށް މުލާ ވާހަކަ ދެއްކި އެވެ.
ކޭން (ވ) އޭނާގެ ފުރަތަމަ ތަށި އުފުލާލާއިރު މުލާ ބަލަހައްޓައިގެން
މެޗު ފެށުމުގެ ކުރިން ބެޔާން އަށް ވަނީ މިދިޔަ ހަފުތާގައި އެ ޓީމުން ކަށަވަރު ކުރި ބުންޑެސްލީގާގެ ޝީލްޑް އުފުލާލާފަ އެވެ. އެއީ އެ ޓީމުގެ ފޯވާޑް ހެރީ ކޭން ހޯދި ފުރަތަމަ ތައްޓެވެ.
މެޗުން ބެޔާން މޮޅުވީ 2-0 ންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑުގައި ހިއްސާވީ ކޭން އެވެ. ދެވަނަ ލަނޑު ޖެހީ މައިކަލް އޮލީސޭ އެވެ.
އިންގްލެންޑްގެ ކެޕްޓަން ކޭން، ބެޔާންއާ ގުޅުނީ މިދިޔަ ސީޒަން ފެށުމުގެ ކުރިންނެވެ. ޔޫރޯ ފައިނަލުގައި ދެ ފަހަރު ކުޅުނު އިރު ވެސް އޭނާ ތަށީގައި އަތްލެވިފައެއް ނުވެ އެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވެސް އޭނާ ޓޮޓްނަމް ހޮޓްސްޕާސްއާ އެކު ކުޅެފަ އެވެ. އެކަމަކު ކުރިމަތިވީ ނާކާމިޔާބެވެ.
ބެޔާންއާ އެކު އޭނާގެ ފުރަތަމަ ސީޒަން ނިންމާލީ ހުސްއަތާ އެވެ.
ކޭން ނެތި ކުޅުނު މެޗުން ބެޔާންގެ އިންތިޒާރު ދިގުވެއްޖެ
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ނިއު ނޯމަލްގައި ކުޅުން ވަރަށް އުނދަގޫ: މުލާ
15 އަހަރުވީ ކެރިއާގައި ކޭންއަށް ފުރަތަމަ ތަށި
ކޭންގެ 60 ވަނަ ލަނޑާއެކު ބެޔާން ލީގު ހޯދުމާ ގާތަށް
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް