31 މާޗް 2024
މިޔުނިކް (މާޗް 31) – ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރޭ ވީ ބައްޔާ އެކު، ބެޔާން މިޔުނިކަށް ލީގު ހޯދުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބެޔާން ލެވަކޫސަނަށް މަރުހަބާ ކިޔައިފި އެވެ.
މިޔުނިކް (މާޗް 31) – ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރޭ ވީ ބައްޔާ އެކު، ބެޔާން މިޔުނިކަށް ލީގު ހޯދުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް ބުނެ، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބެޔާން ލެވަކޫސަނަށް މަރުހަބާ ކިޔައިފި އެވެ.
އެ މެޗުން ބެޔާން ބަލިވުމުން، 13 ޕޮއިންޓްގެ ލީޑަކާ އެކު އެއްވަނައިގައި އޮތް ލެވަކޫސަން އަށް ލީގު ހޯދަން ދެން ބޭނުން ވަނީ ނުވަ ޕޮއިންޓެވެ.
ކަރީމް އަޑްޔަމީ އާއި ޖޫލިއަން ރަޔާސަން އެވެ. މިއީ ލީގުގައި ބެޔާން ބަލިވި ފަސް ވަނަ މެޗެވެ. ލެވަކޫސަން އެއްވެސް މެޗަކުން ބައްޔެއް ނުވެ އެވެ.
ޓުޗެލް ބުނީ، މިހާރު ބެޔާނަށް އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.
"އާނ ދެން ނުވާނެ. ދެން މިކަން ވާނެ އެއްވެސް ގޮތެއް އަހަންނަކަށް ނުފެނޭ،" މި ސީޒަނަށް ފަހު ބެޔާން ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ ޓުޗެލް ބުންޏެވެ.
"މިއަދުގެ މެޗަށް ފަހު ދެން އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތް. ކިތަށް ޕޮއިންޓް ފަހަތުގައި އަހަރެމެން މިއޮތީ؟ 13 ޕޮއިންޓް.
"މަރުހަބާ ލެވަކޫސަން."
ޔޫރަޕްގައި މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ކޯޗު ޒަބީ އޮލޮންސޯގެ ކޯޗުކަމުގެދަށުންގައި ލެވަކޫސަންއިން ކުޅުނު 39 މެޗުން އެ ޓީމު ބަލިވެފައެއް ނެތެވެ. އިއްޔެ ހޮފެންހައިމް އަތުން ފަހު ވަގުތު މޮޅުވީ 2-1 ންނެވެ.
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ލެވަކޫސަނުގައި އެލޮންސޯ ނޫން ކޯޗަކަށް މިކަމެއް ނުވީސް
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލެވަކޫސަނަށް އޮލޮންސޯ ފުރަތަމަ ފަހަރަށް ލީގު ހޯދައިދީފި
ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ހިތްދަތި ގޮތަކަށް ޑޯޓްމަންޑަށް ޗެމްޕިއަންކަން ގެއްލިއްޖެ
ލައިޕްޒިގް އަތުން ބަލިވެ ބެޔާން އަތުން ލީގު ދޫވަނީ