21 ޖޫން 2020
މިއުނިކް (ޖޫން 21) - ޖަރުމަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ކުރީގެ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރެކޯޑު މުގުރާލުމަކީ އޭނާގެ އަމާޒެއް ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
މިއުނިކް (ޖޫން 21) - ޖަރުމަން ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން ކުރީގެ ފޯވާޑް ގާޑް މުލާ ހަދާފައިވާ ރެކޯޑު މުގުރާލުމަކީ އޭނާގެ އަމާޒެއް ކަމަށް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބުނެފި އެވެ.
ޖަރުމަނު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބަޔާން ރޭ ކުޅުނު މެޗުން ވަނީ 3-1 އިން ފްރެއިބާގް ބަލިކޮށްފަ އެވެ. ބަޔާންގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހައި ލެވަންޑޯސްކީ ވަނީ ލީގުގައި 33 ގޯލު ހަމަަކޮށް ލީގު ތާރީހުގައި އެ އަދަދަށް ލަނޑު ޖެހި ޖަރުމަނު ނޫން އެހެން ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2016-2017 ގެ ސީޒަނުގައި 31 ގޯލު ޖެހި އޭރު ޑޯޓްމަންޑުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން އަތުގަ އެވެ.
ޖަރުމަނު ލީގުގެ އެއް ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ކުރީގެ ފޯވާޑް މުލާ އަތުގަ އެވެ. މުލާ އެ ރެކޯޑް ހެދީ 1971-1972 ގެ ލީގުގައި 40 ގޯލު ޖަހައިގެންނެވެ.
މި ފަހަރު ލީގުގައި ބާކީ ބަޔާނަށް އެއް މެޗު އޮތްއިރު، އެ މެޗުގައި އަށް ގޯލު ޖަހައިގެން ނޫނީ ލެވަންޑޯސްކީ އަށް މުލާގެ ރެކޯޑް މުގުރައިނުލެވޭނެ އެވެ. ލެވަންޑޯސްކީ ބުނީ އުއްމީދަކީ މި ސީޒަނުގައި ނުވި ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި އެ ރެކޯޑް މުގުރާލުން ކަމަށެވެ.
"ރެކޯޑާއި ޗެލެންޖަކީ އަހަރެން މޮޓިވޭޓްކުރުމުގެ ވަރަށް ބޮޑު ހިއްސާއެއް. މުލާ ފަދަ ލެޖެންޑެއްގެ ރެކޯޑަކާ ހަމަކޮށް އެ ރެކޯޑް މުގުރާލުމަކީ އަމާޒަަކަށް ހަދައިފިނަމަ އަހަންނަށް މި ނެގެނީ ރަނގަޅު ޗެލެންޖެއް. އެ ރެކޯޑަކީ އަހަރެންގެ އަމާޒެއް. އެކަމާ ދެބަހެއް ނުވާނަން،" މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 48 ގޯލު ޖަހާފައިވާ ލެވަންޑޯސްކީ ބުންޏެވެ.
ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ އުމުރުން 31 އަހަރުގައި ވެސް ލެވަންޑޯސްކީ ފެންނަނީ ވަރަށް ފިޓްކޮށް ކަމަށާއި މުލާގެ ދުވަސްވީ ރެކޯޑް މުގުރާލެވޭ ފެންވަރު ލެވަންޑޯސްކީގެ ކިބައިގައި އެބަހުރި ކަމަށެވެ.
ރޭ އާރްބީ ލިޕްޒިގުގެ މައްޗަށް 2-0 އިން ކުރިހޯދައި ޑޯޓްމަންޑް ވަނީ ލީގުގެ ދެ ވަަނަ މަގާމު ކަށަވަރުކޮށްފަ އެވެ. ޑޯޓްމަންޑުގެ ދެ ގޯލު ވެސް ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ.
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާން ލީޑުފުޅާކޮށްފި
ލެވަންޑޯސްކީގެ ގޯލާ އެކު ބަޔާނަށް މޮޅެއް
ލެވަންޑޯސްކީގެ ހެޓްރިކާ އެކު ބަޔާނަށް ބޮޑު މޮޅެއް
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ޖަރުމަނުގައި ކޭންގެ ތިންވަނަ ހެޓްރިކް ޑޯޓްމަންޑް ކޮޅަށް
ލެވަންޑޯސްކީ އަނެއްކާވެސް މުލާގެ ރެކޯޑަކާ ހަމަކޮށްފި
ރެކޯޑަކާ އެކު ލެވަންޑޯސްކީ އަހަރު ނިންމާލައިފި
ލެވަންޑޯސްކީ އަށް ޔޫރަޕުގެ ރަންބޫޓު ހަވާލުކޮށްފި
ހެޓްރިކާއެކު ލެވަންޑޯސްކީ އަށް 300 ގޯލް
މުލާގެ ޒަމާންވީ ރެކޯޑް ލެވަންޑޮވްސްކީ މުގުރާލައިފި