Roadha Mihaaru
ހާންގެ ރެކޯޑް ނޯޔާ މުގުރާލައިފި

ހާންގެ ރެކޯޑް ނޯޔާ މުގުރާލައިފި

25 ޖެނުއަރީ 2021

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި އެންމެ ގިނަ މެޗުގައި ގޯލެއް ވަނަނުދީ ހިފަހައްޓައި ޖަރުމަނުގެ މަޝްހޫރު ގޯލްކީޕަރު އޮލިވާ ހާން ހަދާފައިވާ ކްލީންޝީޓް ރެކޯޑް ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ރޭ މުގުރާލައިފި އެވެ.

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި އެންމެ ގިނަ މެޗުގައި ގޯލެއް ވަނަނުދީ ހިފަހައްޓައި ޖަރުމަނުގެ މަޝްހޫރު ގޯލްކީޕަރު އޮލިވާ ހާން ހަދާފައިވާ ކްލީންޝީޓް ރެކޯޑް ބަޔާންގެ ގޯލްކީޕަރު މެނުއަލް ނޯޔާ ރޭ މުގުރާލައިފި އެވެ.

ޖަރުމަނުގެ ބަޔާން އާއި ކާލްސްރުއާ އަށް 1987-2008 އަށް 557 މެޗުން 196 ކްލީންޝީޓްސް ހޯދައިގެން ހާން ހެދި ރެކޯޑް ނޯޔާ މުގުރާލީ ޖަރުމަނު ލީގުގައި ރޭ ޝާލްކާ އަތުން 4-0 އިން ބަޔާން މޮޅުވި މެޗުގަ އެވެ. ނޯޔާ 197 ކްލީންޝީޓްސް ފުރިހަމަކުރީ ބަޔާން އާއި ޝާލްކާ އަށް ކުޅެދިން 423 މެޗުންނެވެ.

މިދިޔަ އަހަރުގެ ފީފާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އުމުރުން 34 އަހަރުގެ ނޯޔާ ބަޔާން އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ނޯޔާ ބުނީ ހާން ފަދަ ލެޖެންޑެއްގެ ރެކޯޑަކާ ހަމަކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

"މި ރެކޯޑް އަހަންނަށް މި ލިބުނީ ބަޔާން އާއި ޝާލްކާގައި އަހަންނާ އެއް ޓީމަށް ކުޅުނު ކުޅުންތެރިންގެ ސަަބަބުން. އެ ހުރިހާ ކުޅުންތެރިންގެ ނަން ވަކިވަކިން ފާހަގަނުކުރެވުނަސް އެންމެނަށް ޝުކުރުއަދާކުރަން،" ބުންޑަސްލީގާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ނޯޔާ ބުންޏެވެ.

ޝާލްކާ ކޮޅަށް ބަޔާންގެ ގޯލުތައް ޖެހީ ތޯމަސް މުލާ ދެ ގޯލާއި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީ އަދި ޑޭވިޑް އަލަބާ އެވެ. މި މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ބަޔާނަށް 18 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގަށް 18 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ.