03 ފެބުރުއަރީ 2021
މި މަހުގެ އެއް ވަނަ ދުވަހު މިއަންމާގެ އަސްކަރިއްޔާ އިން ބަޣާވާތްކޮށް ވެރިކަން ވައްޓާލުމުން މުޅި ގައުމުގައި ހާސްކަން އެންމެ ބޮޑުވި ވަގުތު މަގުމަތީގައި އުޅުނު އަންހެނަކު ފޯރީގައި ކަސްރަތުކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހު މިއަންމާގެ އަސްކަރިއްޔާ އިން ބަޣާވާތްކޮށް ވެރިކަން ވައްޓާލުމުން މުޅި ގައުމުގައި ހާސްކަން އެންމެ ބޮޑުވި ވަގުތު މަގުމަތީގައި އުޅުނު އަންހެނަކު ފޯރީގައި ކަސްރަތުކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.
މި ވީޑިއޯ އިން ފެންނަނީ އަސްކަރިއްޔާ އިން ގެނައި ބަޣާވާތުގެ ތެރޭގައި މަގުމަތީގައި އަސްކަރީ އުޅަނދުތައް ހަލަބޮލިކޮށް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް ކަމެއްވެގެން އުޅޭކަން ރޭކާ ވެސް ނުލައި އެރޮބިކްސް ކަސްރަތުކުރަން ހުއްޓާ އެވެ. މި ވީޑިއޯގައި ފެންނަ މީހާ އަކީ އެރޮބިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ހިންގް ނިން ވާއީ އެވެ.
އޭނާ އަކީ ކުރިން ވެސް ކަސްރަތަށް މަގުމައްޗަށް ނުކުންނަ މީހެކެވެ. ހޯމަ ދުވަހު ވެސް މަގުމައްޗަށް ނުކުތީ ކަސްރަތުކުރާށެވެ. މާސްކެއް އަޅައިގެން ވެރި ރަށުގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ހުންނަ ހިސާބުގަނޑުގައި އޭނާ ސަމާލުވެ ހުރީ މިއުޒިކެއް ޖަހައިގެން ކަސްރަތަކަށެވެ.
Khing Hnin Wai regularly films her aerobics videos on the empty roads of #Myanmar's capital #Naypyidaw. This week, her backdrop was a military coup.
— Mathias Peer (@mpeer) February 2, 2021
Follow Khing Hnin Wai on Facebook: https://t.co/PYPWthuRAT pic.twitter.com/rmhirk2GtZ
ހިންގްގެ ގައުމުގައި ބޮޑު ކަމެއް ހިނގިކަން އެނގުނީ ކަސްރަތު ވީޑިއޯ ފޭސްބުކަށް ލުމުން، ފަހަތުން ފެންނަން ހުރި މަންޒަރުތަކުގެ ވާހަކަ މީހުން ދައްކަން ފެށުމުންނެވެ. ކުރިން ބައެއް މީހުން ހީކުރީ އެއީ އެޑިޓްކޮށްފައި އިން ވީޑިއޯއެއް ކަމަށެވެ. ސަބަބަކީ ބެކްގްރައުންޑް ފެންނަ މަންޒަރުތަކާއި ވީޑިއޯ އިން އިވޭ މިއުޒިކާ ވެސް ވަރަށް "ސިންކްވެފައި" އޮތުމެވެ. ފޭސްބުކަށް ހިންގް ވެސް ވީޑިއޯ ލީ ކެޕްޝަނަކަށް ބެކްގްރައުންޑުން ފެންނަ މަންޒަރާ މިއުޒިކް ގުޅޭ ކަމަށް ލިޔެފަ އެވެ.
A Myanmar woman dances to Indonesian viral jam “Ampun Bang Jago” as military coup unfolds.
— Resty Woro Yuniar (@restyworo) February 2, 2021
“They are coming one by one, to fight over the throne” the lyric goes. The song was used widely on TikTok during Omnibus Law protests last year. how fitting! https://t.co/Y9VwB5cexB
މި ވީޑިއޯ ސައްހަކަން ކަށަވަރުކުރަން ވަރަށް ގިނަ މީޑިއާތަކުން ހިންގް އަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްތައް ވެސް ލިބެން ފެށި އެވެ. އަދި އެ ވީޑިއޯ އަކީ އޭނާ ކަސްރަތުކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއްކަށް ކަށަވަރުކޮށް ދިނެވެ. އެއާ އެކު މި ވީޑިއޯ ޓްވިޓާގައި ވެސް ވަރަށް ބޮޑަށް ދައުރުވާން ފެށި އެވެ.
ގައުމުގައި ބަޣާވާތެއް ހިނގިކަން ހިންގް އަށް އެނގުމުން އޭނާ ބުނެފައި ވަނީ އެ ވީޑިއޯ އަކީ މިހާރު "ވަރަށް ހާއްސަ އެއްޗެއް" ކަމަށެވެ.
"Life is what happens when you are busy making other plans."
— ChristensonWeb (@ChristensonWeb) February 2, 2021
ބީބީސީ އަށް ހިންގް ބުނި ގޮތުގައި ހޯމަ ދުވަހު އޭނާ ކަސްރަތުކުރަން ހުރި ތަނަކީ ފާއިތުވި 11 މަސް ދުވަހު ވެސް ކަސްރަތަށް ނުކުމެ އުޅޭ ތަނެވެ. އަދި އެ ދުވަހުގެ އެ ވީޑިއޯ އަކީ ފިޓްނެސް ޑާންސް މުބާރާތަކަށް ހިންގް ދައްކައިލި ހުނަރުތަކެވެ.
"އެ ވީޑިއޯ ނެގި ދުވަހު ދުއްވާ އެއްޗެހި މަގުމަތީގައި ތަންކޮޅެއް ގިނަކަން އަހަންނަށް ވެސް ފާހަގަކުރެވުނު. އެކަމަކު ދެން އެ ސަރަހައްދުވީމަ ހަމަ ރަސްމީ ކަމެކޭ ހީކޮށްލާފައި ހުރީ،" އޭނާ ބުންޏެވެ.
@davidcochrane Any coups near by?
— fitnessgoose (@thefitnessgoose) February 2, 2021
މި ވީޑިއޯ ގުޅިގެން ބައެއް މީހުން ހިންގް އަށް ފާޑު ވެސް ކިޔާފައިވެ އެވެ. ބަޣާވާތަށް ތާއީދުކުރި ބައެއް މީހުން ބުނެފައި ވަނީ އެ ވީޑިއޯ އަކީ އަސްކަރިއްޔާ އަށް މަލާމާތްކޮށް، ޖޯކު ޖެހުމުގެ އަމަލެއް ކަމަށެވެ.
"އެކަމަކު އެއީ އަހަރެން އެއްވެސް ބަޔަކަށް މަލާމާތްކުރަން ކުރި ކަމެއް ނޫން. އިއްތިފާގަކުން މިގޮތަށް ދިމާވެފައި މި ވަނީ،" އޭނާ ބުންޏެވެ.
މިއަންމާގެ ސިފައިން ގެނައި އަސްކަރީ ބަޣާވާތެއްގައި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީ އާއި އެހެން ސިޔާސީ އިސް ފަރާތްތައް ވަނީ ހައްޔަރުކޮށްފަ އެވެ.
މިޔަންމާގެ އަސްކަރީ ވެރިޔާ އަމިއްލައަށް ބޮޑުވަޒީރަކަށް
މިއަންމާ ސިފައިން ސޫކީގެ ޕާޓީގެ އޮފީހަށް ވަދެގެންފި
މިއަންމާ އިން 3،000 ގައިދީންނަށް މައާފް ދެނީ
މިޔަންމާގެ އަސްކަރީ ސަރުކާރަށް އދ.ގައި ޖާގައެއް ނެތް
ކޮންގްރެސްގެ މެމްބަރަކު ޓުވިޓާއިން ބޭރުކޮށްފި
ފޭސްބުކް ފްރެންޑުން ޑިލިޓްކުރާތީ ބޭޒާރުކޮށްލައިފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މަރާޔާ އަކީ އެންމެ ދިގު އަންހެން ބޮޑީ ބިލްޑަރު