Roadha Mihaaru
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް

ރޮހިންގާ ބައެއްގެ ފަރާތުން ފޭސްބުކާ ދެކޮޅަށް 150 ބިލިއަން ޑޮލަރުގެ ދައުވާއެއް

08 ޑިސެމްބަރ 2021

މިއަންމާގެ ރޮހިންގާ މުސްލިމުންނާ މެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 150 ބިލިއަން ޑޮލަރު ނަގައިދިނުމަށް އިނގިރޭސިވިލާތާއި އެމެރިކާގައި ރެފިއުޖީންގެ ގޮތުގައި އުޅެމުން އަންނަ ރޮހިންގާ މުސްލިމުންގެ ބަޔަކު ފޭސްބުކްގެ މައްޗަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއަންމާގެ ރޮހިންގާ މުސްލިމުންނާ މެދު ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 150 ބިލިއަން ޑޮލަރު ނަގައިދިނުމަށް އިނގިރޭސިވިލާތާއި އެމެރިކާގައި ރެފިއުޖީންގެ ގޮތުގައި އުޅެމުން އަންނަ ރޮހިންގާ މުސްލިމުންގެ ބަޔަކު ފޭސްބުކްގެ މައްޗަށް ދައުވާކޮށްފި އެވެ.

ދައުވާގައި ވަނީ ފެސްބުކްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން މިހާރު މެޓަގެ ދަށުން ހިންގަމުން އަންނަ ޕްލެޓްފޯމުން އެލޮގްރިދަމްގެ އެހީގައި ރޮހިންގާ މީހުންނާ މެދު ނަފުރަތު އުފައްދަން ހިތްވަރުދޭ ކަމަށާއި މިއަންމާގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ސިޔާސީ ގޮތުން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް ފޭސްބުކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ބެހޭ ގޮތުން ފަތުރާ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް ހުއްޓުވަން މަސައްކަތް ނުކުރުމާއި އެފަދަ ކޮންޓެންޓްތަކާ ގުޅިގެން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގައި ވެސް ފޭސްބުކް އިހުމާލުވެފައިވާ ކަމަށް ދައުވާގައި ބުންޏެވެ.

އޭގައި ބުނެފައިވާ ގޮތުގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ފޭކް އެތައް އެކައުންޓްތަކެއް ވެސް ހިންގަމުން އަނަން އިރު އެއިން އެއްޗަކަށް ވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

މިކަންކަމާ ހުރެ ގެއްލުމުގެ ބަދަލަށް 150 ބިލިއަން ޑޮލަރު ހޯދަން ދައުވާކުރި މައްސަލައާ ގުޅިގެން މެޓަ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ރޮހިންގާ ދަރިކޮޅުގެ ބައެއްގެ ފަރާތުން ފޭސްބުކަށް ދައުވާކޮށްފައ މި ވަނީ އެ މީހުންނާ މީހުންނާ މެދު ހިންގާ ޖަރީމާތަކާ ދެކޮޅަށް އެ ޕްލެޓްފޯމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް 2018 ގައި އިއުތިރާފު ވެސް ވެފައި ވަނިކޮށެވެ.

މިޔަންމާގެ ރަކީން ސްޓޭޓްގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިންނާއި ބުދުދީނުގެ ހާމުދުރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި އެތައް ހާސް ބަޔަކު ގައުމު ދޫކޮށް ގޮސްފައިވެ އެވެ.