06 މާޗް 2023
މިޔަންމާގެ ބައި މަދު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން، އެ ގައުމު ދޫކޮށް ބަނގްލަދޭޝް އަށް ހިޖްރަކުރި މީހުން ދިރިއުޅެމުން އަންނަ އަވަށެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެތައް ހާސް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހިއްޖެ އެވެ.
މިޔަންމާގެ ބައި މަދު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން، އެ ގައުމު ދޫކޮށް ބަނގްލަދޭޝް އަށް ހިޖްރަކުރި މީހުން ދިރިއުޅެމުން އަންނަ އަވަށެއްގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، އެތައް ހާސް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހިއްޖެ އެވެ.
ބަނގްލަދޭޝްގެ ދެކުނުގައި އޮންނަ ރެފިއުޖީ އަވަށުގައި ހުރި ގެތަކުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނު އިރު، އެ ސަރަހައްދުގެ އެތައް ހާސް ގެ ނުވަތަ ފޭލިގެ ވަނީ އަނދައި ހުލިވެފަ އެވެ. ފުލުހުން އަންދާޒާ ކުރި ގޮތުގައި މަދުވެގެން 2000 ގެ ނުވަތަ ފޭލިގެ އަނދައިގެން ދިޔަ އެވެ.
ރޮހިންޖާ ދަރިކޮޅުގެ މުސްލިމު ރެފިއުޖީން ދިރިއުޅޭ ފޭލިގެ އަވަށުގައި ރޯވެ ގެތައް އަނދައި އަޅިއަށްވެފައި.
މިޔަންމާއާ އިންވެގެން އޮންނަ އެ ސަރަހައްދުގައި ރޮހިންޖާ ދަރިކޮޅުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެ ސަރަހައްދުން އިއްޔެ އަލިފާނުގެ ހާދިސާ ހިނގީ ކޮކްސް ބާޒާރު ކިޔާ ސަރަހައްދުގައި އޮންނަ 11 ނަންބަރު ފޭލިގެ އަވަށުގަ އެވެ. ކޮކްސް ބާޒާރުގައި ރެފިއުޖީން ދިރިއުޅޭ 32 ފޭލިގެ އަވަށް އޮވެ އެވެ.
މި ފޭލިގެ އަވަށްތަކުގައި ހަދާފައި ހުންނަ ކޮންމެ ފޭލިގެއެއްގައި ފަސް މީހުން ނުވަތަ ހަތަރު މީހުންގެ އާއިލާއެއް ދިރިއުޅެ އެވެ. ބައެއް ފޭލިގެތަކުގައި 5-8 މީހުން ވެސް ދިރިއުޅެ އެވެ. ބަނގްލަދޭޝްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ ރެފިއުޖީންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
އަލިފާން ރޯވި ފޭލިގެތައް ހުންނަނީ ހިލަ ފަރުބަދައެއް ގޮތަށް އޮންނަ އުސް ސަރަހައްދެއްގައި ކަމަށްވެފައި، އެ ސަރަހައްދުގައި އެކަށީގެންވާ މަގުތަކެއް ނެތުމުން، އަލިފާން ނިއްވާ ލޮރީތައް އެ ސަރަހައްދަށް ދަތުރުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި އެވެ. މި ހާދިސާގައި މީހެއްގެ ފުރާނަ އަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ދުމުގެ އަސަރު ކޮށްގެންނާއި އެހެނިހެން ޒަޚަމްތައް ލިބިގެން ބައެއް މީހުންނަށް ފަރުވާ ދޭން ޖެހުނެވެ.
ރެފިއުޖީން ދިރިއުޅޭ ސަރަހައްދުގައި ގާތްގަނޑަކަށް 1.2 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރު، އެމީހުންނަށް ސިއްހީ ޚިދުމަތް ދިނުމަށް، އެހީދޭ ޖަމާއަތްތަކުން ގިނަ އަދަދެއްގެ މައިދާނީ ހޮސްޕިޓަލުތައް އެ ސަރަހައްދުގައި ހިންގަ އެވެ. ނަމަވެސް 1.2 މިލިއަން މީހުންނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ދެވޭނެ ވަސީލަތްތައް އެ ހޮސްޕިޓަލުތަކުގައި ނުހުރެ އެވެ.
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް
ރޮހިންޖާ ރެފިއުޖީން އުފުލާ ބޯޓުތައް ހަލާކުކޮށްލައިފި
ރޮހިންޖާ ރެފިއުޖީން 2022 ގައި ރެކޯޑް އަދަދަކަށް
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ގުދަނުގައި ރޯވި އަލިފާން 3 ދުވަސް ފަހުން ކޮންޓްރޯލް
ބަނގްލަދޭޝްގައި ގުދަނެއް ގޮވައި 25 މީހުން މަރުވެއްޖެ
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ވައިރަސް