Roadha Mihaaru
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް

ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ރެފިއުޖީ ކޭމްޕްތަކަށް

29 އެޕްރީލް 2018

ޑާކާ (އެޕްރީލް 29) - މިއަންމާގެ އަނިޔާވެރިކަން ބޮޑުވުމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންގެ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ކޭމްޕްތަކަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން މިއަދު ޒިޔާރަތްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (އެޕްރީލް 29) - މިއަންމާގެ އަނިޔާވެރިކަން ބޮޑުވުމުން އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ ރެފިއުޖީންގެ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ކޭމްޕްތަކަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން މިއަދު ޒިޔާރަތްކޮށްފި އެވެ.

މިއަންމާގައި އެ މީހުން ދިރިއުޅުނު އިރު ހިންގި ރޭޕުގެ އަމަލުތަކާއި ގަތުލް އާއްމުގެ ވާހަކަތައް މުސްލިމް ބައެއް ރެފިއުޖީން ވަނީ ކަރުނައާ އެކު އދ.ގެ މަންދޫބުންނަށް ކިޔައިދީފަ އެވެ. ރެފިއުޖީން ދިޔައީ އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވާލައި އަޑު އުފުލަމުންނެވެ.

ފަނަރަ ގައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ ސީނިއާ ޑިޕްލޮމެޓުންގެ ހަތަރު ދުވަހުގެ ދަތުރުގައި މިއަންމާ އަށް ވެސް ދަތުރު ކުރާނެ އެވެ. އަދި އެ ގައުމުގެ ލީޑަރު އަން ސަން ސޫކީއާ ބައްދަލު ކުރާނެ އެވެ. އޭގެ ކުރިން ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާއާ ސަލާމަތީ މަޖިލީހުގެ މަންދޫބުން ބައްދަލު ކުރާނެ އެވެ. މިއަންމާ އަށް ކުރާ ދަތުރުގައި ރަކީން ސްޓޭޓަށް ދިން ގެއްލުންތައް ހޮލިކޮޕްޓަރުގައި އދ.ގެ އޮފިޝަލުން ބަލާނެ އެވެ.

މިދިޔަ އޮގަސްޓް މަހު ފަހުކޮޅު ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން ދިން އަނިޔާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. މިއަންމާ ސިފައިންގެ އަމަލުތައް އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނައްތާލުމުގެ ދަރަޖައިގަ އެވެ. ސަލާމަތީ މަޖިލީހުން ވަނީ ރެފިއުޖީން އަނބުރާ މިއަންމާ އަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލައިފަ އެވެ.