Roadha Mihaaru
ރޮހިންޖާ ރެފިއުޖީން އެހެން ރަށަކަށް ބަދަލު ކުރަނީ

ރޮހިންޖާ ރެފިއުޖީން އެހެން ރަށަކަށް ބަދަލު ކުރަނީ

20 އޮކްޓޯބަރ 2019

ޑާކާ (އޮކްޓޯބަރު 20) - ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ އެތައް ހާސް ރެފިއުޖީން، ބެއި އޮފް ބެންގާލްގައިވާ ވަކި ރަށަކަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ޑާކާގެ އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (އޮކްޓޯބަރު 20) - ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ އެތައް ހާސް ރެފިއުޖީން، ބެއި އޮފް ބެންގާލްގައިވާ ވަކި ރަށަކަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ޑާކާގެ އޮފިޝަލުން ބުނެފި އެވެ.

ބަންގްލަދޭޝް އިން ކުރިން ވެސް ބުނެފައި ވަނީ ރެފިއުޖީންގެ ތެރޭން އެއް ލައްކަ މީހުން އެ ރަށަށް ބަދަލު ކުރަން ބޭނުންވާ ކަމަށެވެ. ބޭނުމަކީ ރެފިއުޖީ ކޭމްޕްތަކުގެ ތޮއްޖެހުން ކުޑަކުރުމެވެ. މިއަންމާގެ މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ދިރިއުޅެ އެވެ.

ރަކީން ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އޮގަސްޓް 2017 ގައި ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން 740،000 ރޮހިންޖާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޮމިޝަނާ މަހްބޫބް އާލަމް ވިދާޅުވީ ރެފިއުޖީންގެ ގިނަ މީހުން މިހާރު ވަނީ އެ ރަށަށް ބަދަލުވާން އެއްބަސްވެފައި ކަމަށެވެ. ރެފިއުޖީން ބަދަލުކުރާނެ އިރެއް އޭނާ ވިދާޅެއް ނުވެ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި ރޮހިންޖާ ރެފިއުޖީން ބަދަލު ކުރާ ރަށަކީ މީހުން ދިރިއުޅެން ކަމުދާނެ ތަނެއް ނޫން ކަމަށެވެ. މޫސުމަށް އަންނަ ބަދަލާ އެކު އެ ރަށުގައި ފެންބޮޑުވެ އަދި ރާޅު އަރައި ކަމަށްވެ އެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުން ބުނެފައި ވަނީ ރަށް ވަށާ ނުވަ ފޫޓް އުސް ތޮށިގަނޑެއް ލައިފައިވާ ކަމަށެވެ.