Roadha Mihaaru
ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ދާން ދެކޮޅު ހަދަނީ

ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ދާން ދެކޮޅު ހަދަނީ

19 ޖެނުއަރީ 2018

ޑާކާ (ޖެނުއަރީ 19) - ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޑާކާ (ޖެނުއަރީ 19) - ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދިއުމާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފި އެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ރޮހިންޖާ ރެފިއުޖީން މިއަދު ކުރަމުންދާ ހަޅުތާލުގައި އެ މީހުން ބުނަމުން ދަނީ އަނބުރާ މިއަންމާ އަށް ފޮނުވާލައިފި ނަމަ އެ މީހުންގެ ސަލާމަތާ މެދު އެއްވެސް ރައްކާތެރި ކަމެއް ނެތް ކަމަށެވެ. މުޒާހަރާތައް ފަށާފައި މި ވަނީ އދ.ގެ ޚާއްސަ ރެޕަޓުއާ ޔަންގީ ލީ ރެފިއުޖީ ކޭމްޕްތަކަށް ޒިޔާރަތް ކުރަން ހަމަޖެހިފައި ވަނިކޮށެވެ. މިއަންމާ ސިފައިންގެ އަނިޔާވެރި އަމަލުތައް އދ. އިން މިދިޔަ އަހަރު ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.

މިދިޔަ އަހަރު ފަހުކޮޅު މިއަންމާ ސިފައިން ރަކީން ސްޓޭޓުގައި ހިންގަން ފެށި އަނިޔާވެރި އަމަލުތަކާ ގުޅިގެން ބަންގްލަަދޭޝް އަށް ހިޖުރަކުރި ރޮހިންޖާ ރެފިއުޖީންގެ އަދަދު ހަ ލައްކަ އަށް އަރަ އެވެ. އެ މީހުން އަނބުރާ މިއަންމާ ގެންގަން ދެ ގައުމުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި ދެ އަހަރު ތެރޭ ރެފިއުޖީ އަނބުރާ ގެންގޮސް ނިންމަން ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ގްރޫޕް މިއަންމާ އަށް ގެންދަން މި ހަފުތާގައި ފަށާނެ އެވެ.