04 ޖެނުއަރީ 2022
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ތަކުރާރުކޮށް، ކޮވިޑް-19 ގެ ވެކްސިނާ ބެހޭ ގޮތުން ސައްހަ ނޫން ވާހަކަތައް ދައްކަވާތީ އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓް ބްލޮކް ކޮށްފި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ތަކުރާރުކޮށް، ކޮވިޑް-19 ގެ ވެކްސިނާ ބެހޭ ގޮތުން ސައްހަ ނޫން ވާހަކަތައް ދައްކަވާތީ އޭނާގެ އަމިއްލަ ޓުވިޓާ އެކައުންޓް ބްލޮކް ކޮށްފި އެވެ.
އުސޫލުތަކާ ހިލާފުވެގެން މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން އެ އެކައުންޓް ވަގުތީ ގޮތުން ސަސްޕެންޑްކޮށް، އެންމެ ފަަހުން އަމިއްލަ ޓުވިޓާ އެކައުންޓް ދެން ބޭނުން ނުކުރެވޭ ގޮތަށް ހެދި މެމްބަރަކީ ޖޯޖިއާ ތަމްސީލުކުރައްވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އަންހެން މެމްބަރު މާޖޯރީ ޓޭލާ ގްރީން އެވެ.
އޭނާގެ އަމިއްލަ އެކައުންޓް ބޭނުން ނުކުރެވޭ ގޮތް ހެދި ނަމަވެސް ކޮންގްރެސްގެ މެމްބަރެއްގެ ގޮތުގައި ބޭނުން ކުރައްވާ ރަސްމީ އެކައުންޓަށް ފިޔަވަޅެއް ނާޅަ އެވެ. އެ އެކައުންޓުގައި އޭނާ އެހާ އެކްޓީވްއެއް ވެސް ނޫނެވެ.
ޓްވިޓާ އިން އިން ބޭރުކުރުމާ ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ ޓެލެގްރާމުގައި ގްރީން ވިދާޅުވީ މިކަމުން ދައްކުވައި ދެނީ "ޓުވިޓާ އަކީ މިހާރު އެމެރިކާގެ ދުޝްމަނެއް" ކަން ކަމަށެވެ. އެގޮތަށް ވިދާޅުވީ، އޭނާ ވަރަށް ބޮޑަށް ތާއީދުކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ޓުވިޓާ އިން ބޭރުކޮށްފައި ވާތީ އެވެ.
އެމެރިކާގެ ކޮންގްރެސްގައި ޖޯޖިއާ ތަމްސީލުކުރައްވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރު މާޖޯރީ ޓޭލާ ގްރީން.
"ޓުވިޓާއަކަށް ހުއްޓުވިގެން ނުވާނެ މީސްމީހުން ފަތުރާ ތެދު މައުލޫމާތުތަކެއް. މިހާރު އެތަނުން އަމަލުކުރާ ގޮތުން ދައްކުވައި ދެނީ ކޮމިއުނިސްޓް އިންގިލާބެއްގެ ތެރޭގައި އޮތް ތަނެއްގެ ގޮތުގައި،" ގްރީން ވިދާޅުވި އެވެ.
އޭނާ ޓުވިޓާ އިން ބޭރުކުރުމާ ބެހޭ ގޮތުން އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ފިޔަވަޅު އަޅަން މަޖުބޫރުވީ އުސޫލުތަކާ ތަކުރާރުކޮށް ހިލާފުވަމުން ދާތީ ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ގްރީން ކުރެއްވި ޓުވީޓްތަކެއްގައި ވެސް ކޮވިޑްގައި މިހާރު މަރުވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިންގެ ސަބަބުން މަރުވާ މީހުން ކަމަށް ވިދާޅުވެ، ވެކްސިނާ ބެހޭ ގޮތުން އަސާސެއް ނެތް ވާހަކަތަކެއް ދައްކަވާފައިވެ އެެވެ.
ގްރީން، 47، ޓުވިޓާ އިން ބޭރުކުރި އިރު، އޭނާ އަކީ މެމްބަރު ކަމަށް ހޮވިވަޑައިގަތް ފަހުން ދައްކަވާ ވާހަކަތަކާއި އަމަލުތައް ބަހައްޓަވާ ގޮތުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ މެމްބަރެކެވެ.
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ސީއީއޯގެ މަގާމު ހޯދަން ކޮންގްރެސް އިން އިސްތިއުފާދެނީ
"ވެކްސިން ޖަހާ މީހުން މަދީ ސޯޝަލް މީޑިއާއާ ހެދި"
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
އިސްތިއުފާގެ ސިޓީ: ސާފުކުރާ މީހާއާ އެންމެން އެއްވަރު
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްރަމްޕްގެ އަމިއްލަ" ސޯޝަލް ޕްލެޓްފޯމެއް ލޯންޗްކުރަނީ
ޓްވިޓާ އިން ޓެކްސަސްގެ އޭޖީ އަށް ދައުވާކޮށްފި
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް