03 ޖެނުއަރީ 2022
އަންހެނެއްގެ ފޭސްބުކް ފްރެންޑް ލިސްޓުގައި ތިބި ހުރިހާ ފިރިހެނުން، އޭނާގެ ލޯބިވެރިޔާ ސިއްރުން ޑިލިޓްކުރަމުން ދިޔަކަން ފަޅާއެރުމުން، އެމީހާ ބޭޒާރުކޮށްލާ ޓިކްޓޮކް ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އަންހެނެއްގެ ފޭސްބުކް ފްރެންޑް ލިސްޓުގައި ތިބި ހުރިހާ ފިރިހެނުން، އޭނާގެ ލޯބިވެރިޔާ ސިއްރުން ޑިލިޓްކުރަމުން ދިޔަކަން ފަޅާއެރުމުން، އެމީހާ ބޭޒާރުކޮށްލާ ޓިކްޓޮކް ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ޒޯއީ ހޮލިބޯގް ކިޔާ އަންހެން މީހާ ބުނި ގޮތުގައި އޭނާގެ ލޯބިވެރިޔާ އެކަން ކުރަމުން ގޮސްފައި ވަނީ ރޭގަނޑު ނިދަން އޮންނަ އިރު ފޯނު ނަގައިގެންނެވެ. އޭނާ ބުނީ ފްރެންޑް ލިސްޓްގައި ތިބި މީހުން މަދުވަމުންދާ ކަން ފާހަގަވާން ފެށީ އެކަމުގެ ނޮޓިފިކޭޝަން ތަކުރާރުކޮށް 10 ވަރަކަށް ފަހަރު ލިބުމުންނެވެ.
އެކަމާ ހައިރާންވެގެން އެއީ ކިހިނެއްވާ ކަމެއްތޯ ރަނގަޅަށް ބެލިއިރު، އޭނާގެ ލޯބިވެރިޔާ ސިއްރުން ފޯނު ނަގައިގެން ފްރެންޑް ލިސްޓުގައި ތިބި ފިރިހެން އެކުވެރިން ރިމޫވުކުރީ ކަމަށް ބުންޏެވެ.
ޒޯއީ މި ވާހަކަ ޓިކްޓޮކްގައި އާންމުކުރުމުން ވަރަށް ގިނަ މީޑިއާތަކުން ވެސް އެ ވާހަކަ ގެނެސްދީފައިވެ އެވެ. އަދި މި ވީޑިއޯ އަށް އެތައް ބަޔަކު ކޮމެންޓްކޮށް، އެ މީހުންނަށް ދިމާވި އެފަދަ ބައެއް ތަޖުރިބާތައް ވެސް ހިއްސާކުރި އެވެ. މިކަމާ ގުޅިގެން ބައެއް މީހުން ޒޯއީ އަށް ދިން ލަފައަކީ "ޝައްކުކުރާ" ލޯބިވެރިޔާ ދޫކޮށްލުމަށެވެ.
ޒޯއީގެ ޓިކްޓޮކް ވީޑިއޯ ބެލި މީހުންގެ އަދަދު 320،000 އަށް ވުރެ ގިނަ އެވެ. އެ ވީޑިއޯ ހަދައިފައި ވަނީ ރިމޫވްކުރި މީހުންގެ ލިސްޓް ވެސް ފެންނަ ބެކްގްރައުންޑަކާ އެކު އެވެ. އަދި އިނގިރޭސި ހިޕްހޮޕް ޑުއޯ "ޑީ-ބްލެކް ޔޫރަޕް" ގެ ލަވައެއް ކަމަށްވާ "މިސްޓަ މިސްޓީރިއަސް" ގެ ކަޑިއެއް ކަމަށްވާ "އާ ޔޫ ސީރިއަސް؟ ވެންޓު ތުރޫ މައި ފޯން ވައިލް އައި އޭމް ސްލީޕިން. އައި އޭމް ފިއުރިއަސް،" އޭނާ ކިޔަ އެވެ.
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ބަޣާވާތް ހިންގިއިރު ވެސް ފޯރީގައި "ނަށަނީ"
ސިޔާސީ މީހުންގެ އަނބިން ބްލެކްމެއިލްކުރާ މީހަކު ހޯދަނީ
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ހުއްދަނެތި ނޫސްތަކުގެ ކޮންޓެންޓް ބޭނުންކުރި މައްސަލައެއް
ފޭސްބުކް ގްރޫޕްތައް "ޑިސްކޯޑް" އަށް ބަދަލުވަނީ