Roadha Mihaaru
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

10 މާޗް 2024

އެމެރިކާގެ ޓެކް ކުންފުނި، މެޓާ އިން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތައް ރިވޫމް ކުރުމުން އީރާނުން ފާޑުކިޔައިފި އެވެ.

އެމެރިކާގެ ޓެކް ކުންފުނި، މެޓާ އިން އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތައް ރިވޫމް ކުރުމުން އީރާނުން ފާޑުކިޔައިފި އެވެ.

އީރާންގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމާއި ފޭސްބުކް އެ ގައުމުގައި މަނަލެވެ. އެކަމަކު ސަރުކާރުގެ ވެރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް މި ހުރިހާ ޕްލެޓްފޯމްތަކެއްގައި ވެސް ހިންގަ އެވެ.

މެޓާ އިން ބުނީ އެ ކުންފުނިން ގެންގުޅޭ "ޑޭންޖަރަސް އޯގަނައިޒޭޝަންސް އެންޑް އިންޑިވިޖުއަލްސް" ޕޮލިސީއާ ތަކުރާރުކޮށް ހިލާފްވެފައި ވާތީ ހާމަނާއީގެ އެކައުންޓްތައް ރިމޫވްކުރީ މިދިޔަ މަހު ކަމަށެވެ.

މި ނިންމުމާ ގުޅިގެން އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލްއަހިޔާން ވިދާޅުވީ މެޓާގެ އިން އެޅި ފިޔަވަޅު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހިލާފް ކަމަށެވެ. އަދި މިއީ ހާމަނާއީގެ އެތައް މިލިއަް ފޮލޯވަރުންނަށް ވެސް ކުރި ފުރައްސާރައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ހުޅަނގުގެ ބައެއް ގައުމުތަކުން ގެންގުޅޭ ހިޔާލު ފާޅުކުުރުމުގެ މިނިވަންކަމުގެ ޝިއާރަކީ އެ ގައުމުތަކުގެ ނާޖާއިޒް ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ބޭނުންކުރާ 'ހޮޅި' އަދި ދެއްކުންތެރި ޝިއާރުތަކެއް،" މިޑްލް އީސްޓް އައި އަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ހާމަނާއީގެ އެކައުންޓްތަކުން މި ފަހުން ގެންދިޔައީ ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ވަރަށް ބޮޑަށް ތާއީދުކޮށް އަދި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އީރާނުން ބުނީ ހާމަނާއީ އަކީ ފަލަސްތީނުގެ ޣައްޒާގެ ހިސާރާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުއްލަވާ ލީޑަރު ކަމަށާއި ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކުރިޔަސް އެ އަޑު ދުނިޔޭގެ ކަންކޮޅުތަކަށް ފޯރުން ނުހުއްޓުވޭނެ ކަމަށެވެ.

އުމުރުން 84 އަހަރުގެ ހާމަނާއީ އީރާންގެ ރޫހީ ލީޑަރު ކަމުގެ މަގާމު 1989 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން އަންނައިރު ގައުމުގެ ސިޔާސީ ގިނަ ކަންކަމުގައި އެންމެ ފަހު ބަސް ވިދާޅުވާނީ އޭނާ އެވެ. މެޓާއިން ރިމޫވްކުރި ހާނަމާއީގެ އިންސްޓަގްރާމް އެކައުންޓުގައި ފަސް މިލިއަން ފޮލޯވަރުން ތިއްބެވެ. -- އޭއެފްޕީ