10 ޖުލައި 2023
ފޭސްބުކްގެ ބެލެނިވެރި ކުންފުނި "މެޓަ" އިން ޓްވިޓާއާ ވާދައަށް "ތުރެޑްސް"ގެ ނަމުގައި ހެދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ލޯންޗުކުރިތާ ހަފުތާއެއް ނުވަނީސް 100 މިލިއަން މީހުން އެ ޕްލެޓްފޯމް ބޭނުންކުރަން ފަށައިފި އެވެ.
ފޭސްބުކްގެ ބެލެނިވެރި ކުންފުނި "މެޓަ" އިން ޓްވިޓާއާ ވާދައަށް "ތުރެޑްސް"ގެ ނަމުގައި ހެދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ލޯންޗުކުރިތާ ހަފުތާއެއް ނުވަނީސް 100 މިލިއަން މީހުން އެ ޕްލެޓްފޯމް ބޭނުންކުރަން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލޯންޗުކުރި ތުރެޑްސްއަށް 100 މިލިއަން ޔޫސާސް ހަމަވީ މިއަދެވެ.
މި ކާމިޔާބީއާއެކު ތުރެޑްސް އިން ވަނީ ޗެޓްޖީޓީޕީގެ ރެކޯޑް މުގުރާލައިފަ އެވެ. ޗެޓްޖީޓީޕީއަށް 100 މިލިއަން ހަމަވީ ދެ މަސް ފަހުންނެވެ.
ތެރެޑްސް އަކީ ވަގުތުން ހިޓަކަށްވި ސޯޝަލް މީޑިއާ އެޕެކެވެ. ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި އެކަނިވެސް ދެ މިލިއަން މީހުން އެ ޕްލެޓްފޯމް ބޭނުންކުރަން ފެށި އެވެ. މިއީ އުންމީދުކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށް މެޓަގެ ސީއީއޯ މާކް ޒަކަބާގް މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވެ އެވެ.
އެޕް ބޭނުންކުރަން ފެށުމުގެ އިތުރުން އޭގައި މީހުން ޕޯސްޓްކުރާ އަދަދު ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 95 މިލިއަން ޕޯސްޓާއި 190 މިލިއަން ލައިކްސް ކޮށްފައިވެ އެވެ.
މި ކާމިޔާބީއަކީ ތުރެޑްސްގެ ވާދަވެރި ޓުވިޓާއަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. ޓުވިޓާގެ އެކްޓިވް ޔޫސާސްގެ އަދަދު މިހާރު އުޅެނީ 260 މިލިއަންގަ އެވެ. މިހާރު މި ދާ ރޭޓުގައި އެ އަދަދު ފަހަނައަޅައި ދިއުމަކީ ތުރެޑްސްއަށް އެއްވެސް ކަމަކަށް ނުވާނެ ކަމަށް ބެލެވެ އެވެ.
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ކައިލީ އަށް އިންސްޓަގްރާމުން އާ ރިކޯޑެއް
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މެސެންޖާ/އިންސްޓަގެ ޑިފޯލްޓް އެންކްރިޕްޝަން ލަސްކޮށްފި
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު