Roadha Mihaaru
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު

އިންސްޓަގްރާމްގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު ލޯންޗް ކުރަނީ

15 ނޮވެމްބަރ 2021

އިންސްޓްގާރްމާ ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްގެން ތައާރަފު ކުރަން ނިންމާފައިވާ "ޓޭކް އަ ބްރޭކް" ފީޗާ މިހާރު ޓެސްޓް ކުރަން ފަށާފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ އާންމުކޮށް ދޫކޮށްލެވޭނެ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓްގާރްމާ ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްގެން ތައާރަފު ކުރަން ނިންމާފައިވާ "ޓޭކް އަ ބްރޭކް" ފީޗާ މިހާރު ޓެސްޓް ކުރަން ފަށާފައިވާ ކަމަށާއި އަންނަ މަހުގެ ތެރޭގައި އެ އާންމުކޮށް ދޫކޮށްލެވޭނެ ކަމަށް ބުނެފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ ވިދާޅުވީ އާ ފީޗާގެ ޓެސްޓިން މަރުހަލާ ނިމުމާ އެކު އާންމުކޮށް ދޫކޮށްލާނެ ކަމަށެވެ. އެކަމަކު "ޓޭކް އަ ބްރޭކް" ފީޗާ ތައާރަފު ކުރާނެ ތާރީހަކާއި އެންޑްރޮއިޑާއި އައިއޯއެސް ބޭނުންކުރާ މީހުންނަށް އެކީގައި ފީޗާ ލިބޭނެ ކަމެއް ކަށަވަރެއް ނުވެ އެވެ.

"މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ ނަތީޖާ އަންނަ ގޮތެއް ބަލަން. އުންމީދަކީ އަންނަ މަހުގެ ކޮންމެވެސް ހިސާބެއްފައި ފީޗާ ރަސްމީކޮށް ލޯންޗްކުރުން." އެޑަމް ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ބުނީ އާ ފީޗާ ދޫކޮށްލާނީ އެންޑްރޮއިޑާއި އައިއޯސްގެ އަހުލުވެރިންނަށް އެކީގައި ކަމަށެވެ. "ޓޭކް އަ ބްރޭކް" ފީޗާގެ ބޭނުމަކީ ކުދިންނަށް ނޭދެވޭ އަސަރުކުރާ ކޮންޓެންޓްތަކުން އެ ކުދިން ސަލާމަތް ކުރުމާއި ދޭތެރެ ދޭތެރެ އިން އިންސްޓްގްރާމް ބޭނުންކުރުން މެދުކަނޑާލަން ކުދިންނަށް ހިތްވަރު ދިނުމެވެ.

މިފަދަ ފީޗާއެއް އިންސްޓަގްރާމުން ތައާރަފުކުރަން ނިންމިކަން މިދިޔަ މަހުގެ ކުރީކޮޅު އިއުލާންކުރީ އެ އެޕް ބޭނުންކުރާ ފުރާވަރުގެ ކުދިންނަށް އިންސްޓަގްރާމްގެ ސަބަބުން ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވާކަން އެތެރޭ ސާވޭއަކުން ދެއްކުމުން އެކަން ސިއްރު ކޮށްގެން އުޅެނިކޮށް، އެކަން މީޑިއާތަކުން ތިލަކުރި ރިޕޯޓްތަކަކާ އެކީގަ އެވެ. އެއާ އެކު އިންސްޓަގްރާމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން "ޓޭކް އަ ބްރޭކް" ގެ ނަމުގައި ފީޗާއެއް ގެންނަން ނިންމި އިރު، 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮށްގެން ލޯންޗްކުރަން މަސައްކަތް ކުރަމުން ދިޔަ އެޕްގެ މަސައްކަތް މިހާރު އޮތީ ފާޑުކިޔުންތަކާއި ޕްރެޝަރުތަކާ ހެދި ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.