02 ޖުލައި 2021
އިންސްޓަގްރާމް މިހާރު އޮތީ އާ ބަދަލުތަކެއް ގެނައުމުގެ ތެރޭގައި ކަމަށާއި އެއީ ހަމައެކަނި ފޮޓޯ ޝެއާކުރާ އެޕެއްގެ ގޮތުގައި ބާއްވަން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.
އިންސްޓަގްރާމް މިހާރު އޮތީ އާ ބަދަލުތަކެއް ގެނައުމުގެ ތެރޭގައި ކަމަށާއި އެއީ ހަމައެކަނި ފޮޓޯ ޝެއާކުރާ އެޕެއްގެ ގޮތުގައި ބާއްވަން ބޭނުން ނުވާ ކަމަށް ބުނެފި އެވެ.
އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ އިންސްޓަގްރްމާއި ޓްވިޓާގައި ބުދަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ ފޭސްކުބްކްގެ ދަށުން ހިންގާ އިންސްޓަގްރާމަކީ މިހާރު ބޭނުން ކުރެވޭ ގޮތަށް ވުރެ ފުޅާކޮށް ބޭނުން ކުރެވޭ އެޕަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ފޮޓޯ ޝެއާކުރުމާއި ސްޓޯރީ އާއި އިންސްޓަގްރާމް ރީލް އާއި އައިޖީޓީވީ ފަދަ ފީޗާތައް މިހާރަށް ވުރެ ބޭނުންތެރި ގޮތަކަށް ހަދަން ކުރާނެ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެެ. އެހެންވެ އެ ބަދަލުތައް މާ ލަސްތަކެއް ނުވެ އަންނަން ފަށާނެ ކަމަށާއި އޭގެ ސަބަބުން އިންސްޓަގްރާމަރަކީ ކްރިއޭޓަރުންނަށް އިތުރު ކަންކަން ފަހިކޮށްދޭނެ އަދި ވަކިން ހާއްސަކޮށް ވީޑިއޯތަކާ އެކު މުނިފޫހިގެ ބައިތައް ވެސް ވަރަށް ބޮޑަށް ފުޅާވެގެން ދާނެ އެއްޗެއް ކަމަށް އެޑަމް ވިދާޅުވި އެވެ.
ފޭސްބުކްގެ ދަށުން އިންސްޓަގްރާމް ހިންގަން ފެށި ފަހުން އެތައް ބަދަލުތަކެއް މިހާތަނަށް ވެސް ގެނެސްދީފައިވެ އެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުން އިންސްޓަގްރާމަށް މި ފަހުން މާ ބޮޑެތި ބަދަލު ގެންނަން ފެށުމުގެ އަސްލަކީ ޓިކްޓޮކްގެ މަގުބޫލުކަން ބޮޑުވެ، އެއާ ވަރަށް ބޮޑަށް ވާދަކުރަން މަޖުބޫރުވުމެވެ.
ދެހާސް ނަވާރައިގައި އިންސްޓަގްރާމް ރީލް ވެސް ތައާރަފުކުރީ ޓިކްޓޮކްގެ މަގުބޫލުކަމާ ހެދި އެވެ. އެ ފީޗާ އަކީ ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓިކްް ގޮތަށް ކުރު ވީޑިއޯ ރެކޯޑްކޮށް އަޕްކޮށްލެވޭ ފީޗާއެކެވެ.
އިންސްޓަގްރާމަކީ ސޯޝަލް އެޕްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ. އެ ބޭނުންކުރާ މީޖުންގެ އަދަދު މިހާރު 1.074 ބިލިއަނަށް އަރަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު
އިންސްޓަގެ ކުޑަކުދިންގެ ވާޝަން މަޑުޖައްސާލައިފި
ސެކިއުރިޓީ ބަލަހައްޓަން އެފްބީގައި 40،000 މީހުން
ފޭސްބުކަށް ވެސް "ރީލްސް" ގެންނަނީ
ތާލިބާނުން ޕްރޮމޯޓްވާ ކޮންޓެންޓް ފޭސްބުކުން ބްލޮކްކުރަނީ
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
އިންސްޓަ ސްޓޯރީގެ ލިޔުންތައް މިހާރު ތަރުޖަމާކުރެވޭނެ
އިންސްޓަގެ ވެބް ވާޝަނުން ޕޯސްޓްކުރެވޭ ގޮތް ހަދަނީ