Roadha Mihaaru
އިންސްޓަ ސްޓޯރީގެ ލިޔުންތައް މިހާރު ތަރުޖަމާކުރެވޭނެ

އިންސްޓަގްރާމް ސްޓޯރީގެ ލިޔުންތައް ތަރުޖަމާކުރެވޭ ގޮތް ހަދައިފި

23 ޖުލައި 2021

އިންސްޓަގްރާމް ސްޓޯރީ އަށް ޕޯސްޓްކުރާ ލިޔުންތައް އޮޓޮމެޓިކުން ތަރުޖަމާކޮށްދޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމް ސްޓޯރީ އަށް ޕޯސްޓްކުރާ ލިޔުންތައް އޮޓޮމެޓިކުން ތަރުޖަމާކޮށްދޭ ގޮތަށް ހަދައިފި އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމްގައި 2016 އިން ފެށިގެން ޕޯސްޓްތަކާއި ކެޕްޝަންތައް ތަރުޖަމާކޮށްދެވޭ ގޮތަށް ހަދާފައިވެ އެވެ.

އިންސްޓަގްރާމުން ބުނި ގޮތުގައި މިހާރު ސްޓޯރީއަށް ލާ އެއްޗެހީގައި ހިމަނާ ޓެކްސްޓްތައް ސްކްރީންގެ ވާތް ފަރާތުން މަތީގައި އިންނަ "ސީ ޓްރާންސްލޭޝަން" އޮޕްޝަނުން ތަރުމާކޮށްދޭނެ އެވެ.

އެންމެންނަށް ވެސް ބޭނުން ކުރެވޭ ގޮތަށް މި ބަދަލު ގެނެސްދިނީ 90 ބަހަކުން ތަރުޖަމާ ކުރެވޭ ގޮތަށެވެ.

ސްޓޯރީ އަށް ލާ އޯޑިއޯ ތަރުޖަމާކުރެވޭކަށް އަދި ނެތެވެ. ނަމަވެސް އެ ފީޗާ އަށް މަސައްކަތްކުރަމުން އަންނަކަމުގެ އިޝާރާތެއް އިންސްޓަގްރާމުން ދީފައިވެ އެވެ.