Roadha Mihaaru
ފޭސްބުކަށް ވެސް "ރީލްސް" ގެންނަނީ

ފޭސްބުކްގައި ވެސް "ރީލްސް" ޓެސްޓްކުރަން ފަށައިފި

22 އޯގަސްޓް 2021

ކުރު ވީޑިއޯތައް ހަދާލެވޭ "ރީލްސް" އިންޓަސްގްރާމަށް ގެނައިތާ މީގެ ތިން އަހަރެއްހާ ދުވަސް ފަހުން ފޭސްބުކްގައި ވެސް އެ ޓެސްޓްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރު ވީޑިއޯތައް ހަދާލެވޭ "ރީލްސް" އިންޓަސްގްރާމަށް ގެނައިތާ މީގެ ތިން އަހަރެއްހާ ދުވަސް ފަހުން ފޭސްބުކްގައި ވެސް އެ ޓެސްޓްކުރަން ފަށައިފި އެވެ.

ފޭސްބުކުން ބުނި ގޮތުގައި ބީޓާ ވާޝަނުގައި މިހާރު އޮތް "ފޭސްބުކް ރީލްސް" ޓެސްޓްކުރަމުން އަންނަނީ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގެ އިތުރުން އިންޑިއާގަ އެވެ. "ރީލްސް" އާންމުކޮށް ދޫކޮށްލާނީ މިހާރު ކުރިއަށްދާ ޓެސްޓިން އަށް ފަހުގަ އެވެ. އެކަމަކު އެއީ ކިހާ ތާކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުބް އެފްބީ އަށް ރީލްސް އާންމުކޮށް ދޫކޮށްލާނީ އަންނަ އަހަރު އެވެ.

ފޭސްބުކް ރީލްސް އަކީ އޭގެ އެފްބީގެ ދަށުން ހިންގާ އިންޓަގްރާމްގައި ވެސް ކްރޮސް-ޕޯސްޓްކުރެވޭނެ ހިދުމަތެކެވެ. މިއަށް ލައިކް ދީ، ޝެއާކޮށް އަދި ކޮމެންޓް ވެސް ކުރެވޭނެ އެވެ.

"ރީލްސް" އަކީ ޓިކްޓޮކުން އިންސްޕަޔާވެގެން ފޭސްބުކުން ފެށި ހިދުމަތެކެވެ. މިއީ ޝައުގުވެރި ގޮތްގޮތަށް ކުރު ވީޑިއޯތައް ހަދައިލެވޭ ފީޗާއެކެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ވެސް ވަނީކުރު ވީޑިއޯތައް ހަދާލެވޭ ފީޗާއެއް "ޝޯޓްސް" ގެ ނަމުގައި ތައާރަފްކޮށްފަ އެވެ.

ފޭސްބުކަށް ރިީލްސް ގެންނަން ނިންމާފައިވާތީ ކޮންޓެންޓް ތައްޔާރުކުރަން ކްރިއޭޓަރުންނަށް މިހާރު ވަނީ ހާއްސަ ބަޖެޓެއް ވެސް ހަމަޖައްސައިފަ އެވެ. އެއީ އިންސްޓަގްރާމް ހިމެނޭ ގޮތަށް އަންނަ އަހަރަށް ބިލިއަން ޑޮލަރެވެ.