Roadha Mihaaru
ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯއަށް ބޮޑު ފައިދާއެއް

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯ އަށް 91 މިލިއަން ރުފިޔާގެ ފައިދާއެއް

30 ޖެނުއަރީ 2021

އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 91 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯ އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 91 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނީ 100 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން 258 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބުނީ ފުރަތަމަ ކުއާޓަރުގަ އެވެ. އެ ކުއާޓަރުގެ ފައިދާއަކީ 114 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަކީ ގިނަ ވިޔަފާރިތަކެއް ކުރަމުން އަންނަ، އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލުގެ ވިޔަފާރިންނެވެ. ކޮވިޑާ ގުޅިގެން މެޑިކަލް ސާމާނަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން އެކަމުން އެ ކުންފުންޏަށް ލިބުނު އާމްދަނީ ވެސް ވަރަށް ބޮޑަށް އިތުރުވި އެވެ.