Roadha Mihaaru
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން!

10 ޖުލައި 2024

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޖުމްލަ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނެފި އެވެ.

ސަރުކާރު ކުންފުނިތަކުގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުގައި ޕީސީބީން ބުނީ، އެ ކުންފުނިތަކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 13.27 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެކަމަކު، ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ އަދަދު ހުރީ 2.27 ބިލިއަން ރުފިޔާގައި ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހޯދާފައިވަނީ އެސްޓީއޯ އިންނެވެ. އެ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އަކީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓެވެ.

ކުންފުނިތަކުގެ ޖުމްލަ ގެއްލުމުގެ ބޮޑު ބައެއް ހިއްސާކުރަނީ ރިޕޯޓުގައި ވާ ގޮތުން އެޗްޑީސީންނެވެ. އެ ކުއާޓަރުގައި އެޗްޑީސީ އަށް ލިބުނު ގެއްލުން އުޅެނީ 3.23 ބިލިއަން ރުފިޔާގަ އެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ހުޅުމާލޭގައި ޔޮޓު މެރިނާ އެޅުން ހިސާބުތަކުން އުނި ކުރުމާއި ހުޅުމާލެ 2 ގެ ޔުޓިލިޓީ ނެޓްވޯކު ގާއިމްކުރަން ސްޓެލްކޯ އިން ލިބެން ޖެހޭ ފައިސާ ނުލިބުމުގެ އިތުރުން ހިޔާ ފްލެޓުތަކުގެ ކުއްޔާއި ޖޫރިމަނާ ކުޑަކުރުން ހިމެނޭ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 34،369 އަށް އަރައިފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 30،866 ގަ އެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ޖުމްލަ 31 ކުންފުންޏެއްގެ މާލީ ހިސާބުތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުގައި، ކުންފުނިތަކުން އެންމެ ބޮޑު އެއް ހަރަދެއް ކުރަނީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓުގައި ބުނި ގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 34،369 އަށް އަރައިފަ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 30،866 ގަ އެވެ.

އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނައިން މުވައްޒަފުން އިތުރުކުރި ކުންފުނިތަކުގެ ތެރޭގައި ފެނަކަ އާއި އެޗްޑީސީ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ހިމެނެ އެވެ.

މިގޮތުން، އެއް އަހަރުގެ ތެރޭގައި ފެނަކައަށް 682 މުވައްޒަފުން، އެމްޓީސީސީ އަށް 734 މުވައްޒަފުން، ސްޓެލްކޯ އަށް 302 މުވައްޒަފުން އަދި އެޗްޑީސީ އަށް 642 މުވައްޒަފުން ވަނީ ވައްދައިފަ އެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނިތަކުން ކުރާ ހޭދަ 1.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހޯދާފައިވަނީ އެސްޓީއޯ އިންނެވެ. އެ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އަކީ ކުންފުނިތަކުގެ ޖުމްލަ އާމްދަނީގެ 30 ޕަސެންޓެވެ.

އެއާ އެކު، ލިބޭ އާމްދަނީގެ ނިސްބަތުން، މުސާރައަށް ބޮޑު ހޭދައެއް ކުރާ ކުންފުނިތައް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އާމްދަނީގެ ނިސްބަތަށް ބަލާއިރު، މުސާރަ ދިނުމަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ކުންފުނިންނެވެ. އެ ކުންފުންޏަށް އެ ކުއާޓަރުގައި 3.28 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 11.69 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ އާމްދަނީގެ ނިސްބަތުން ބަލާއިރު، 356 ޕަސަންޓެވެ.

މީގެއިތުރުން، ރީޖަނަލް އެއާޕޯޓްސް އިން އާމްދަނީގެ 270 ޕަސަންޓު އަދި ކައްދޫ އެއާޕޯޓްސް 207 ޕަސަންޓު މުސާރަ އަށް ހޭދަކުރެ އެވެ.