Roadha Mihaaru

އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

އެޗްޑީސީގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އޭނާ މަގާމުން ވަކިކުރީ މިއަދު ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ޕީސީބީއިން ނުބުނެ އެވެ.

މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ޑިސެމްބަރު، 2023 ގަ އެވެ. އޭނާ ކުރިން ވަނީ ވެމްކޯ އާއި ހައުސިން މިނިސްޓްރީގެ މަގާމުތަކެއް އަދާކޮށްފަ އެވެ.

އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.

އެޗްޑީސީގައި ހިނގި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރު މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރި އެވެ. ނަމަވެސް ސަސްޕެންޑް ކުރިތާ ހަތަރު ދުވަސް ފަހުން ވަނީ މެންބަރުން ސަސްޕެންޝަން އުވާލައިފަ އެވެ.