01 ޖެނުއަރީ 2025
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުންފުނީގެ ބޭނުންތަކަށް ލޯނު ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުންފުނީގެ ބޭނުންތަކަށް ލޯނު ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދެއް މި މަހުގެ 25 ވަަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން، "ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލައި، އެ ގައިޑްލައިނުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، ހުއްދަ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް އެ ސާކިއުލާގައި ބުންޏެވެ.
އެ ގައިޑްލައިންގެ ދަށުން، ކުންފުނިތަކުން ބަޖެޓު އެކުލަވާލާއިރު، އެ އަހަރެއްގެ ތެރޭގައި ކުންފުންޏަށް ބޭނުންވާ ހަރު މުދަލާއި ހިންގުމަށާއި ނުވަތަ ވިޔަފާރި ފުޅާކުރަން ލޯނެއް ބޭނުންވާ ނަމަ، އެކަމުގެ އެސެސްމަންޓަކާ އެކު ބަޖެޓުގައި ހިމަނަންޖެހޭނެ އެވެ.
އަދި ލޯނު ބޭނުންވާ ސަބަބު ދެނެގަނެ ފައިނޭންސް ކުރަން ހުރި އޮޕްޝަންތަކުގެ އެސެސްމަންޓެއް ހަދައި، ލޯނު ދޫކުރާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ދިރާސާކޮށް އެކުލަވާލައި ޓެކްނިކަލް ކަރުދާހެއް ކުންފުނީގެ ބޯޑުން މެނޭޖްމަންޓަށް ހުށަހަޅަންޖެހޭނެ އެވެ. އެ ކަރުދާހުގައި ލޯނު ބޭނުންވާ ސަބަބާއި ކުންފުނީގެ މާލީ ހާލަތާއި ޝަރުތުތަކާއި ލޯނު އަނބުރާ ދެއްކުމުގެ ގާބިލްކަން ހުރި މިންވަރު ހިމަނަންޖެހެ އެވެ.
އަދި ނަގަން ބޭނުންވާ ލޯނުގެ ސަބަބުން އެ ކުންފުންޏަކުން ކުރިން ނަގާފައިވާ ލޯނުތަކަށް ފައިނޭންސްކުރުމަށް އަދި އަނބުރާ ލޯނު ދެއްކުމަށް އެއްވެސް ދައްޗެއް ނުވަތަ ގޮންޖެހުމެއް ކުރިމަތިވާނެކަން ނުވަތަ ނޫންކަން ހާމަކުރަން ވަނީ ލާޒުކޮށްފަ އެވެ.
މީގެއިތުރުން، ލޯނު ނެގުމުން ދައުލަތުގެ ބަޖެޓަށް އިތުރަށް ބަރޯސާވާނެ ކަމަށް ބެލެވޭ ނަމަ އެ މިންވަރު ވެސް ހިމެނުމުގެ އިތުރުން ލޯނު ނަގާނެ ފަރާތެއް ކަނޑައެޅުމުގައި ސަރުކާރު ހިއްސާވާ ލޯނު ދޭ ކުންފުނިތަކާއި މާލީ އިދާރާތަކަށް އިސްކަން ދިނުން ހިމެނެ އެވެ.
އާ އުސޫލުގެ ދަށުން، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފޮނުވޭނީ، ލޯނާ ގުޅޭ އެ ކަރުދާސް ކުންފުނީގެ ބޯޑަށް ހުށަހަޅައި ފާސްކުރުމަށްފަހު އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލު ކުރާނެ އުސޫލުގެ އިތުރުން، އިދާރީ އަދި މުސަރައިގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، އިންވެސްޓްމަންޓުތައް ކުރުމުގެ ކުރިން ވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޕީސީބީން ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
މިއީ ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއ،ި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުން އިތުރަށް ހަރުދަނާކުރުމާއި އަދި ކޯޕަރޭޓް ގަވަނަންސްގެ ހަމަތައް ނެގެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް ޕީސީބީން ބުންޏެވެ.
މި ބަދަލު ގެނައުމުގެ ކުރިން، އެސްއޯއީތަކަށް މި ހުއްދަ ދެމުން އައީ ސީދާ ޕީސީބީންނެވެ.
އެސްއޯއީތަކުން ލިބުނު ފައިދާ 6.4 ބިލިއަން ރުފިޔާއަށް
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
ޕީސީބީ އުވާލުމަށްފަހު އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް
ކުންފުނިތަކުގެ ބަޖެޓު ފިނޭންސަށް ހުށަހަޅަން ޖެހޭނެ
ބައެއް ކުންފުނިތަކާ ހެދި ދައުލަތް ހަފުސްވަނީ!
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ސަރުކާރުން އެސްއޯއީތަކަށް 1.3 ބިލިއަން ހޭދަކޮށްފި