ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 6.4 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު އެ ފައިދާގެ ބޮޑު ބައެއް ނިސްބަތްވަނީ އެންމެ ފަސް ކުންފުންޏަށް ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެނުއަލް ފައިނޭންޝަލް ރިވިއު އިން ދައްކައިފި އެވެ.
29 އޮކްޓޯބަރ 2024
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 6.4 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު އެ ފައިދާގެ ބޮޑު ބައެއް ނިސްބަތްވަނީ އެންމެ ފަސް ކުންފުންޏަށް ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެނުއަލް ފައިނޭންޝަލް ރިވިއު އިން ދައްކައިފި އެވެ.
ކުންފުނިތަކުގެ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 53 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 40 ޕަސެންޓު އިތުރު އަދަދެކެވެ.
ފައިދާވި ކުންފުނިތަކުގެ ތެރެއިން 98 ޕަސެންޓު ނިސްބަތްވަނީ ފަސް ކުންފުންޏަށެވެ. އެއީ ބީއެމްއެލް އާއި އެޗްޑީސީ އާއި ދިރާގާއި އެމްއޭސީއެލް އަދި އެސްޓީއޯއަށެވެ.
- ބީއެމްއެލް: ދެ ބިލިއަން ރުފިޔާ
- އެޗްޑީސީ: 1.7 ބިލިއަން ރުފިޔާ
- ދިރާގު: 896 މިލިއަން ރުފިޔާ
- އެމްއޭސީއެލް: 834 މިލިއަން ރުފިޔާ
- އެސްޓީއޯ: 818 މިލިއަން ރުފިޔާ
ސަރުކާރު ހިއްސާވާ 30 ކުންފުނި ހިންގާއިރު އޭގެ ތެރެއިން މިދިޔަ އަހަރު ފައިދާ ނެރެވުނީ 15 ކުންފުންޏަކުންނެވެ. ބާކީ 15 ކުންފުންޏަކުން ވީ ގެއްލުމެވެ. ކުންފުނިތަކަށް ލިބުނު ގެއްލުމުގެ އަދަދު ވަނީ 660 މިލިއަން ރުފިޔާ އަށް އަރައިފަ އެެވެ. މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވީ އާރުޑީސީ އާއި ރީޖަނަލް އެއާޕޯޓްސް އާއި އައްޑޫ އެއާޕޯޓު ކުންފުންޏާއި އައިލެންޑް އޭވިއޭޝަނާޢި ޕީއެސްއެމާއި ހައްޖު ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ.
- އާރުޑީސީ: 173 މިލިއަން ރުފިޔާ
- ރީޖަނަލް އެއާޕޯޓްސް: 95 މިލިއަން ރުފިޔާ
- އައްޑޫ އެއާޕޯޓްސް: 81 މިލިއަން ރުފިޔާ
- އައިލެންޑް އޭވިއޭޝަން: 71 މިލިއަން ރުފިޔާ
- ޕީއެސްއެމް: 33 މިލިއަން ރުފިޔާ
- ހައްޖު ކޯޕަރޭޝަން: 33 މިލިއަން ރުފިޔާ
- ފަހި ދިރިއުޅުން ކޯޕަރޭޝަން: 32 މިލިއަން ރުފިޔާ
ސަރުކާރު ހިއްސާވާ 30 ކުންފުނީގައި 34،000 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރެ އެވެ. ކުންފުނިތަކުގެ އެސެޓުގެ އަދަދަކީ 220 ބިލިއަން ރުފިޔާ އެވެ.
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
އެސްއީތަކުން ނަގާ ލޯނަށް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން
އެޗްޑީސީގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
ރޯދައާ ގުޅިގެން އިތުރު ހަދިޔާ ނުދޭން އަންގައިފި
އެސްއޯއީތަކުގެ ވެރިންނަށް ގިނަވެގެންލިބޭނީ 90،000ރ
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
ޕީސީބީ އުވާލުމަށްފަހު އެސްއޯއީތަކާ ގުޅޭ އާ ގާނޫނެއް