ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އާއި އިންޓާނަލް އޮޑިޓަރުން އައްޔަން ކުރުމުގައި ބަލާ އެންމެ ދަށް މިންގަނޑު ކަނޑައަޅާ އުސޫލެއް ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައިފި އެވެ.
21 އެޕްރީލް 2025
ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އާއި އިންޓާނަލް އޮޑިޓަރުން އައްޔަން ކުރުމުގައި ބަލާ އެންމެ ދަށް މިންގަނޑު ކަނޑައަޅާ އުސޫލެއް ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލައިފި އެވެ.
ޕީސީބީން މިއަދު ބުނީ، އެ ބަދަލުތައް ގެނައީ އެ މަގާމުތަކަށް މީހުން ހޯދުމުގައި ދިމާވާ ދަތިތަކާ ހެދި ކަމަށެވެ. އުސޫލަށް ގެނައި ބަދަލާ އެކު، ވީހާ ވެސް ގިނަ ބަޔަކަށް އެ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ. މަގާމުތަކާ ގުޅޭ އުސޫލުގައި އެ މަގާމުތަކުގެ ޝަރުތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވެ އެވެ.
މިއަދު އަމަލުކުރަން ފެށި އެ އުސޫލުގެ ދަށުން، ސީއެފްއޯގެ މަގާމު އަދާކުރެވޭނީ އެކައުންޓިން އެންޑް ފައިނޭންސިން ދައިރާ އިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ މީހުންނަށެވެ. އަދި އެ މީހުން އިންޓަނޭޝަނަލް ފައިނޭންޝަލް އަދި އޮޑިޓިން މިންގަނޑުތަކަށް ތަބާވަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ސީއެފްއޯގެ މަގާމު އަދާކުރާ މީހުން އެ ކުންފުޏެއްގެ ބޯޑަށް ލަފާ ދޭން ވާނީ ނުފޫޒުން އެއްކިބާވެ ހުރެ، މިނިވަންކަމާއި ޕްރޮފެޝަނަލް ކަމާ އެކު ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެ އެވެ.
ސީއެފްއޯގެ އިތުރުން ޗީފް އިންޓާނަލް އޮޑިޓަރު ވެސް ވާން ޖެހޭނީ އޮޑިޓިން، އެކައުންޓިން އަދި ފައިނޭންސިން ދައިރާއިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ މީހަކަށެވެ. އެ މަގާމުގައި ތިބޭ މީހުން ޖަވާބުދާރީ ވާން ޖެހޭނީ ވެސް އޮޑިޓް ކޮމިޓީއަށެވެ. ކޮމިޓީ އަަށް ރިޕޯޓު ނުކުރެވޭ ހާލަތުގައި ބޯޑަަށް އެ މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.
އެ ދެ މަގާމަށް ވެސް މީހުން އައްޔަން ކުރާނީ އެ ކުންފުންޏެއްގެ ބޯޑުންނެވެ. އަދި މަގާމުން ވަކި ކުރުމުގެ ބާރު ވެސް ބޯޑަށް އޮންނާނެ އެވެ.
ޕީސީބީގެ ރައީސަކަށް އަނަސް އައްޔަންކުރައްވައިފި
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
އެސްއީތަކުން ނަގާ ލޯނަށް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް
ކުންފުނިތަކުގެ ބަޖެޓު ފިނޭންސަށް ހުށަހަޅަން ޖެހޭނެ
އެސްއޯއީތަކުން ލިބުނު ފައިދާ 6.4 ބިލިއަން ރުފިޔާއަށް
ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް
ގިނަ އެސްއޯއީތައް ޓްރާންސްޕޭރެންޓެއް ނޫން
"އެސްއޯއީތައް ރީފޯމުކުރަން ބާރުތައް ޕީސީބީއަށް ދޭނަން"
އެސްއޯއީތަކުގެ ފައިނޭންޝަލް ޕޮލިސީ އެއްގޮތްކުރަނީ