03 ސެޕްޓެމްބަރ 2024
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.
ފީސީބީން ނެރުނު ސާކިއުލާއެއްގައިވަނީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ހަރަދުތައް ކުޑަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ދަތުރުތަކުގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ކުރާ ހޭދަވެސް ކުޑަ ކުރުމަށް އަންގާފައިވެ އެވެ.
ފީސީބީގެ ސާކިއުލާގައިވަނީ މިހާލަތުގައި ކުންފުނިތަކުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކުރަން ޖެހޭނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް އެކަނި ކަމަށެވެ. އަދި ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ސަޕްލަޔަރުންނާއި ކަސްޓަމަރުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް ބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި ސްޕޮންސާ ލިބިގެން ކުރާ ދަތުރުތަކުގައި ވެސް ކުންފުނިތަކުން ކުރާ ހޭދަ ކުޑަކުރަން އެ ސާކިއުލާގައި އަންގާފައިވެ އެވެ. ފެރީ ހިދުމަތް ލިބެން ހުރި ނަމަ ފެރީން ދަތުރު ކުރުމަށާއި ކުންފުނިތަކަށް ސީދާ ފައިދާވާ މަހާސިންތާތަކާއި ފެއާ ފަދަ ބައްދަލުވުންތައް ނޫން ގޮތަކަށް ބައިވެރިނުވުމަށް ވެސް ފީސީބީގެ އެންގުމުގައިވެ އެވެ.
މުވައްޒަފުންގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ ނުނެގުމަށާއި ފީސީބީގެ ހުއްދަ ނެތި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށާއި ޑޮލަރުން މުސާރަ އާއި އިނާޔަތްތައް ދިނުން ހުއްޓާލުމާއި ތަމްރީނުތައް ހިންގުމަށް ވެސް އެ ކުންފުންޏެއްގެ ގާބިލް މުވައްޒަފުންގެ ބޭނުން ކުރުމަށް ވެސް ފީސީބީއިން ބުންޏެވެ.
ސާޖިއުލާގައިވާ ގޮތުން ކަރަންޓު ބިލްތައް ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމާއި ކަރުދާހާއި ސްޓްރޭޝަނަރީގެ ހަރަދު ކުޑަ ކުރުމަށްޓަކައި ވީހާވެސް ބޮޑަށް ޑިޖިޓަލްކޮށް ކުންފުނީގެ ކަންކަން ރޭވުމަށް ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ކުންފުނީގެ އަހަރީ ޕްރޮކިއުމެންޓާ އެއްގޮތަށް ޕްރޮކިއުމެންޓް ހަރަދުތައް ކުރުމަށާއި ސީއެސްއާރާއި ސްޕޮންސަޝިޕަށް ކުރާ ހޭދަ ވެސް ކުޑަ ކުރުމަށް ވަނީ އެ ސާކިއުލާގައި ސަރުކާރުގެ ކުންފުނިތަކަށް ވަނީ އަންގައިފަ އެވެ.
ސަރުކާރުން އަންނަނީ ހަރަދުތައް ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެންވެ، ކުންފުނިތަކާ ގުޅޭ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ބައެއް ކުންފުނިތައް އެއްކޮށްލުމާއި އަދި އެހެން ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ނިންމާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
ސަރުކާރުގެ ހިސާބުތައް އާންމުކުރަން ފަށައިފި
އެސްއޯއީތަކުން ލިބުނު ފައިދާ 6.4 ބިލިއަން ރުފިޔާއަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
ތަފާސްހިސާބު އާންމުނުކުރަނީ މައުލޫމާތު ފައިނަލް ކުރާތީ
ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު، ހަރަދު ކުޑަވެއްޖެ
ހަރަދުތައް ރީސެޓް ކުރުން ނޫން ގޮތެއް ނެތް
އެސްއޯއީތަކުގެ ފައިދާއިން ސަރުކާރަށް 246 މިލިއަން