މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 ޕަސެންޓު ކުޑަވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 15.6 ޕަސެންޓު ކުޑަވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 24.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.6 ޕަސެންޓު ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 1.7 ޕަސެންޓު ކުޑަކޮށްފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 57.4 ޕަސެންޓުން ދަށްވެފަ އެވެ.
ރިކަރަންޓް ހަރަދުގެ 56 ޕަސެންޓު ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.5 ޕަސެންޓު ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 14.1 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.6 ޕަސެންޓުން ދަށްވެފަ އެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ ވެސް ވަނީ، މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓު ދަށްވެފަ އެވެ. މިއާ އެކު، ދައުލަތުން އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު 7.5 ޕަސެންޓުން ދަށަށް ގޮސްފަ އެވެ.
މާލީ ހިސާބުތައް ދައްކާ ގޮތުގައި، ނިމުނު ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއާޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އުމްރާނީ ތަރައްގީއަށް 2.7 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ.
އަދި މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ޕަސެންޓެއް، ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވިޔަސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ.
އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 2.5 ބިލިއަން ރުފިޔާ މި އަހަރުގެ ތެރޭގައި ވަނީ ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 124.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމާ އެކު، އާމްދަނީ އިތުރުވުމުގެ ސިލްސިލާ މިދިޔަ ހަފްތާއާ ހަމައަށް ވަނީ ދަމަހައްޓައިފަ އެވެ. މިގޮތުން ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިދިޔަ ހަފްތާގެ ނިޔަލަށް ލިބިފައިވަނީ 25.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 24.1 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު ހިއްސާ ލިބިފައިވަނީ ޓެކްސް އާމްދަނީންނެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 19.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ އިތުރުން، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވެސް މިދިޔަ އަހަރަށް ވުރެ އިތުރެވެ. މިގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި 4.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ ހަފްތާގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.4 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ.
ހަރަދަށް ވުރެ އާމްދަނީ އިތުރުކޮށްގެން، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް ވަނީ މިދިޔަ ހަފްތާގެ ނިޔަލަށް 534.6 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ދެމެހެއްޓިފަ އެވެ.
.
ސަބްސިޑީއަށް ކުރި ހޭދަ 650 މިލިއަނުން ކުޑަކޮށްފި
ދައުލަތުގެ ބަޖެޓު އަރަނީގައި ހިފަހައްޓާތާ ހަތް މަސް
އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ
5 ބިލިއަންގެ ދަރަނި ދެއްކިޔަސް، ބަޖެޓު ސާޕްލަސްގައި!
ހަރަދު 23 ޕަސެންޓު ދަށް، އާމްދަނީ 6 ޕަސެންޓު އިތުރު
އާމްދަނީ އިތުރު، ބަޖެޓު ސާޕްލަސް 4 މަހާ ގާތަށް
އަހަރުގެ ބަޖެޓު 3.4 ބިލިއަން ރުފިޔާގެ ސާޕްލަސްގައި
އާމްދަނީ ދަށަސް، ހަރަދު ކުޑަކޮށްގެން 1.4 ބިލިއަނުން ސާޕްލަސްގައި
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ