ދައުލަތުގެ ކުންފުނިތަކުން އަހަރުގެ ބަޖެޓު ނިންމައި، ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މުރާޖައާ ކުރަން ހުށަހަޅަން އެ އިދާރާ އިން އަންގައިފި އެވެ.
04 ނޮވެމްބަރ 2024
ދައުލަތުގެ ކުންފުނިތަކުން އަހަރުގެ ބަޖެޓު ނިންމައި، ފިނޭންސް މިނިސްޓްރީ އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މުރާޖައާ ކުރަން ހުށަހަޅަން އެ އިދާރާ އިން އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސަރުކާރު ހިއްސާާވާ ކުންފުނިތަކުގެ ބަޖެޓު އެއްހަމައަކުން ދިރާސާކޮށް، ލުއިފަސޭހަ ކުރުމަށްޓަކައި އާންމު އުސޫލެއް އެކުލަވައިލާފައިވާ ކަމަށެވެ.
"ދައުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވައިލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ޕީސީބީން ހަދާފައިވާ އުސޫލާ އެއްގޮތަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުން ބަޖެޓު ހެދުމަށް ވަނީ އެދިފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަރުހަލާ ކުންފުނިތަކުން މިހާރު ފަށާފައިވާތީ، އާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބަޖެޓު ހަދަން ފަށާނީ 2026 ވަނަ އަހަރުން ފެށިގެން ކަމަށް ޕީސީބީން ބުންޏެވެ. ނަމަވެސް، ބަޖެޓު ރިވިއު ކުރުމާއި ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި އިންޓާނަލް އޮޑިޓް ފަންކްޝަނިން މަސައްކަތްތައް އާ އުސޫލުގެ ތެރެއިން ކުރަން ޖެހޭނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ޕީސީބީން އަންނަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ދައުލަތުގެ ފިސްކަލް ދެމެހެއްޓެނިވިކަން އިތުރު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނިތަކަށް ކުރާ ހޭދަ ކުޑަކުރުން ހިމެނެ އެވެ. ބައެއް ކުންފުނިތައް އުވާލައި، އަނެއްބައި ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތްތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ.
ފުރަތަމަ ކުއާޓާގައި އެސްއޯއީތަކުން 224 މިލިއަން
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
މިދިޔަ އަހަރު ނިމުނީ 14 ބިލިއަންގެ ޑެފިސިޓަކާ އެކު
އެސްއީތަކުން ނަގާ ލޯނަށް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ
ބަޖެޓް 2025: ގޮންޖެހުން ބޮޑު އަހަރަކަށް ވެދާނެ!
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ހޭދަވެއްޖެ
އަންނަ އަހަރަށް 56ބިލިއަން ބަޖެޓް ކޮމެޓީން ފާސްކޮށްފި
ސީދާ ދަރަނި ކުޑަކުރެވޭނެ ކަމަކަށް ނުބެލެވޭ: ފިނޭންސް
ތަފްސީލުނެތަސް، ހުރިހާ ރަށެއްގައި ޕްރޮޖެކްޓް ހިންގާނެ