ފުރަތަމަ ކުއާޓާގައި އެސްއޯއީތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް 224 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
19 އެޕްރީލް 2025
ފުރަތަމަ ކުއާޓާގައި އެސްއޯއީތަކުގެ ފައިދާގެ ގޮތުގައި ދައުލަތަށް 224 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ ހަފުތާއަކު އެ މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން މި އަހަރު 709 މިލިއަން ރުފިޔާ، ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެހެންވެ، މިހާތަނަށް ލިބުނީ އޭގެ 32 ޕަސެންޓެވެ. އަދި ބާކީ 68 ޕަސެންޓު ޑިވިޑެންޑްގެ ގޮތުގައި ކުންފުނިތަކުން ލިބެންޖެހެ އެވެ.
މިދިޔަ އަހަރު އެސްއޯއީތަކުން ޑިވިޑެންޑްގެ ގޮތުގައި 786 މިލިއަން ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އެ އަހަރު ކުންފުނިތަކުން ލިބުނީ، 572 މިލިއަން ރުފިޔާ އެވެ. އެއީ ލަފާކުރި އާމްދަނީގެ 70 ޕަސެންޓެވެ. އޭގެ ކުރީ އަހަރު ދައުލަތަށް އެސްއޯއީތަކުން ލިބުނީ، ލަފާކުރި އާމްދަނީގެ ގާތްގަނޑަކަށް 65 ޕަސެންޓެވެ.
ވޭތުވެދިޔަ ފަސް އަހަރު ވެސް ޑިވިޑެންޑްގެ ގޮތުގައި ކުންފުނިތަކުން ލިބޭނެ ކަމަށް ކަނޑައަޅާ އަދަދު، އަހަރު ނިމޭ އިރު ލިބިފައެއް ނުވެ އެވެ. އަދި އެސްއޯއީތަކުން ލިބޭނެ ކަމަށް ލަފާކުރާ އަދަދު ވެސް ވަނީ އެއް އަހަރުން އަނެއް އަހަރަށް ދަށްވެފަ އެވެ. ސަބަބަކީ، ގިނަ އެސްއޯއީތަކުން ފައިދާ ނުވުމެވެ. ސަރުކާރު ހިއްސާވާ ގާތްގަނޑަކަށް ތިރީހަކަށް ކުންފުނި އޮތް އިރު އޭގެ ތެރެއިން ފައިދާއެއް ވަންނަނީ ދިހަވަރަކަށް ކުންފުނިންނެވެ.
މިއަހަރުގެ މިހާތަނަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންވެސްޓްމެންޓާއި ލޯނުގެ ގޮތުގައި ދައުލަތުން 700 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނިމުނީ 14 ބިލިއަންގެ ޑެފިސިޓަކާ އެކު
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓުގެ މަސައްކަތް މިމަހު 20 ވަނަ ދުވަހަށް ނިންމަނީ
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
2.7 ބިލިއަން ކުޑަކުރަން އުނދަގޫވާނެ: އޮޑިޓް
އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް އަރާފާނެ
ބަޖެޓުގެ 45 ޕަސެންޓް ހަ މަސް ތެރޭގައި ހޭދަކޮށްފި
"ދަރުމަވަންތަ ބޭނުން ކުރަނީ ގެރެންޓީގެ އަގު ނެތުމުން"
ހަ މަސް ނިމުނުއިރު އާމްދަނީގެ ގޮތުގައި 10 ބިލިއަން