08 ނޮވެމްބަރ 2016
މެންޗެސްޓާ (ނޮވެމްބަރު 8) - ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަބުން ލީގުގައި ކުރިއަށް އޮތް އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ސަސްޕެންޑްވެފައިވާތީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މައާފަށް އެދެފި އެވެ.
މެންޗެސްޓާ (ނޮވެމްބަރު 8) - ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަބުން ލީގުގައި ކުރިއަށް އޮތް އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ސަސްޕެންޑްވެފައިވާތީ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މައާފަށް އެދެފި އެވެ.
ސްވަންސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ދެ ވަނަ ހާފްގައި އިބްރަހިމޮވިޗަށް ދެއްކި ރީނދޫ ކާޑަކީ ލީގުގައި މިފަހަރު އޭނާ އަށް ދެއްކި ފަސް ވަނަަ ރީނދޫ ކާޑެވެ. ޕްރިމިއާ ލީގުގެ ގަވައިދު ބުނާގޮތުން ފަސް ރީނދޫ ކާޑު ދައްކައިފިނަމަ އެއް މެޗަށް ސަސްޕެންޑްވާނެ އެވެ.
"ކޮންމެ ފަހަރަކު އަހަރެން ވަރުގަދަ އަށް ކުޅެން ފެށީމަ ރީނދޫ ކާޑެއް ދައްކާ. މި ވާހަކަ އިތުރަށް ބުނެދޭނެ ގޮތެއް އަހަރެން ނޭނގޭ. ސްވަންސީ މެޗުގައި އަހަންނަށް ފައުލުކުރެވުނީ ވަރުބަލި ވެފައިހުރުމުން،" ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.
"އަހަރެން މައާފަށް އެދެން ބޭނުން. އެއީ މުހިއްމު މެޗަކަށް (އާސެނަލް) އަހަރެން ސަސްޕެންޑްވެފައި މިއޮތީ. އެ މެޗަކީ އަހަރެން ވެސް ވަރަށް ކުޅެން ބޭނުންވާ މެޗެއް،"
އޭނާ ބުނީ ޕްރިމިއާ ލީގަކީ އެހެން ލީގުތަކާ ހިލާފަށް ފިޒިކަލް ލީގެއް ކަމަށާއި ސަސްޕެންޝަންތައް ވެސް މި ލީގުގައި އިތުރު ކަމަށެވެ.
ޔުނައިޓެޑުގެ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހު އެވެ. އާސެނަލް މިވަގުތު ލީގުގެ ހަތަރު ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ 11 މެޗުން 18 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ރައިސްގެ ހާއްސަގޯލުން އާސެނަލްއިން ޔުނައިޓެޑް ބަލިކޮށްފި
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
ޔުނައިޓެޑް ބަލިކޮށް އާސެނަލް ތަފާތުކަން ސާބިތު ކޮށްދީފި
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން