04 ސެޕްޓެމްބަރ 2023
ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ފަހު ވަގުތު ޖެހި ގޯލުތަކުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އިން ފަހު ވަގުތު ޖެހި ގޯލުތަކުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
އާސެނަލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 27 ވަނަ މިނިޓުގައި ކްރިސްޓިއަން އެރިކްސަންގެ ޕާހަކުން މާކަސް ރަޝްފޯޑް ވަނީ ގޯލު ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ޔުނައިޓެޑަށް ލީޑު ހިފަހައްޓާލެވުނީ މިނިޓަަކަށެވެ. ގެބްރިއެލް މާޓިނެއްލީގެ އެހީތެރިކަމާއެކު ޖެހިގެން އައި މިނިޓުގައި އާސެނަލް އަށް އެއްވަރު ކޮށްދިނީ ކެޕްތަން މާޓިން އޮޑެގާޑް އެވެ.
މެޗުގެ 88 ވަނަ މިނިޓުގައި އަލެހަންޑްރޯ ގާނާޗޯ ޔުނައިޓެޑަށް ގޯލެއް ޖަހައިދީ ޓީމަށް އަލުން ލީޑު ހޯދައިދިން ކަމަށް ހީކުރެވުނަސް، ރެފްރީ އެންތަނީ ޓޭލާ ވަނީ ވީއޭއާރު ރިވިއު އަށް ފަހު ގާނާޗޯ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ކުރިން ދެވަނަ ހާފުގައި އާސެނަލް އަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި އެވެ. ނަމަވެސް ވީއޭއާރު ރިވިއު އަށް ފަހު ނިންމީ، އާރޮން ވެން ބިސާކާ، ކައި ހަވާޓްޒް ހުއްޓުވަން ޕެނަލްޓީއެއް ދޭވަރުގެ ކުށެއް ނުކުރާ ކަމަށެވެ.
އާސެނަލް މޮޅުވި ގޯލު، މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓުގެ ތެރެއިން ހަވަނަ މިނިޓުގައި ޖަހައިދިނީ، 105 މިލިއަން ޕައުންޑްގެ އަގަކަށް މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލައި ގެނައި މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ.
މިއީ ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަންކަން ކުރަމުން ދިޔަ ރައިސް، މި ސީޒަންގައި އާސެނަލް އަށް ބަދަލުވެ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އޭނާގެ މި ހާއްސަ ގޯލު ކާމިޔާބުކުރީ ބުކަޔޯ ސަކާ ނަގައިދިން ކޯނަރު މެއިން ކޮންޓްރޯލް ކޯށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.
ރައިސްގެ ގޯލަށް ފަހު، އާސެނަލްގެ ތިންވަނަ ގޯލު އިތުރު ވަގުތުގެ 11 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ގެބްރިއެލް ޖީސަސް އެވެ.
މިރޭގެ މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ އެޓީމަށް އަލަށް ގެނައި 72 މިލިއަން ޕައުންޑުގެ ޑެންމާކް ސްޓްރައިކަރު ރަސްމުސް ހޮއިލަންޑް ކުޅެން ނެރެފަ އެވެ. އަދި ކުރީގެ ކެޕްޓަން ހެރީ މެގުއާ ވެސް ވަނީ ފަހު ވިއްސަކަށް މިނިޓަށް ކުޅެން އަރުވައިފަ އެވެ. މީގެ އިތުރުން ކުރިން ސާ އެލެކްސް ފާގަސަންގެ ޒަމާނުގައި ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު ޖޯނީ އީވަންސް އަލުން މި ސީޒަނުގައި އެޓީމާ ގުޅި، އޭނާ ވެސް ވަނީ މެޗުގެ ފަހު ވަގުތު ކުޅެން އަރައިފަ އެވެ.
ޔުނައިޓެޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. އާސެނަލް ތިން މެޗު ކާމިޔާބު ކުރިއިރު އެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
ޔުނައިޓެޑް ބަލިކޮށް އާސެނަލް ތަފާތުކަން ސާބިތު ކޮށްދީފި
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ޔުނައިޓެޑް ނުހުއްޓޭ، އާސެނަލް އާއި ނިއުކާސަލް އެއްވަރު