18 ޑިސެމްބަރ 2023
ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެ، އާސެނަލް އަލުން ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ލަންޑަން (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެ، އާސެނަލް އަލުން ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.
އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ރޭ ރާއްޖެ ގަޑިން ރޭގަނޑު 7 ޖެހިއިރު ކުޅުނު މެޗުގައި 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ދެވަނަ ހާފުގައި އާސެނަލް އަށް ގޯލުތައް ޖަހައިދިނީ ގެބްރިއެލް ޖެސުސް އާއި ކައި ހަވާޓްޒް އެވެ.
މޮޅަކާ އެކު އާސެނަލް އެއްވަނަ އަށް ޖެހިލި ނަމަވެސް، އެ މެޗަށް ފަހު ރޭ 9:30 ގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން މަގާމް ދެމެހެއްޓުމުގެ ފުރުސަތު އޮތެވެ.
އެހެން ނަމަވެސް، މެޗު ނިންމާލީ ލަނޑެއް ނުޖެހި 0-0 އިންނެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޯގޯ ޑަލޮޓަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
މި ނަތީޖާއާ އެކު އާސެނަލް އެއްވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވަނީ 38 ޕޮއިންޓް ލިބިފަ އެވެ.
ޔުނައިޓެޑް އޮތީ 28 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. ޔުނައިޓެޑްގެ ފަހަތުގައި އަށްވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ.
ވެސްޓް ހޭމުން ވަނީ ރޭ މުހައްމަދު ކުޑުސް އާއި ޖަރޯޑް ބޯވެން ފުރަތަމަ ހާފުގައި ޖަހައިދިން ގޯލުތަކާ އެކު 3-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ކުޑުސް ވަނީ މެޗުގައި ދެ ގޯލލު ޖަހައިފަ އެވެ.
ލީގުގެ ތިންވަނައިގައި އޮތް އެސްޓަން ވިލާ ވެސް ވަނީ ރޭ ފަހަތުން އަރައި 2-1 އިން ބްރެންޓްފޯޑް ބަލިކޮށް 38 ޕޮއިންޓް ހަމަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ބްރެންޓްފޯޑުން ލީޑު ނެގީ ކީން ލެވިސް ޕޮޓާ ޖަހައިދިން ގޯލުންނެވެ. އެސްޓަން ވިލާ އަށް ފައިދާ ވީ 71 ވަނަ މިނިޓުގައި ބްރެންޓްފޯޑްގެ ޑިފެންޑަރު ބެން މީ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ހަ މިނިޓު ފަހުން އެލެކްސް މޮރޭނޯގެ ގޯލުން އެސްޓަން ވިލާ ނަތީޖާ އެއްވަރު ކުރިއިރު މޮޅުވި ލަނޑު 85 ވަނަ މިނިޓުގައި ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ.
މެޗުގެ އިތުރު ވަގުތުގައި އެސްޓަން ވިލާގެ ބައުބަކާ ކަމާރާ އަށް ރަތް ކާޑެއް ދެއްކުމާ އެކު، ދެ ޓީމު ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މުހިއްމު މޮޅަކާ އެކު ލިވަޕޫލަށް ޔޫރަޕްގެ ރެކޯޑެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ފަހަތުން އަރައި މޮޅުވެ ލިވަޕޫލް ލީޑު ދަމަހައްޓައިފި
އާސެނަލް ބަލިކޮށް ލިވަޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް
ޔުނައިޓެޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް