12 ޖެނުއަރީ 2020
ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް ލިވަޕޫލުން ޔޫރަޕްގެ ވަރުގަދަ ލީގުގެ ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ.
ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް 1-0 އިން ބަލިކޮށް ލިވަޕޫލުން ޔޫރަޕްގެ ވަރުގަދަ ލީގުގެ ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ ރޭ ކުޅުނު މެޗުން 2-1 އިން އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން ބަލިވުމުން އެއް ވަނައިގައި ލިވަޕޫލަށް ވަނީ 16 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލް އެއް ވަނައިގައި 21 މެޗުން 61 ޕޮއިންޓާ އެކު އޮތްއިރު، ލެސްޓާ ދެ ވަނައިގައި އޮތީ 22 މެޗުން 45 ޕޮއިންޓާ ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 21 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ. މިރޭ ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީ އަށް ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ.
ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ މި ފަހަރު ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެފަ އެވެ. ލިވަޕޫލުން ވަނީ ލީގުގައި ބަލިނުވެ ވަނީ 38 މެޗު ހަމަކޮށްފަ އެވެ. މިއީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތާރީހުގައި ކްލަބަކުން އެންމެ ރަނގަޅަށް ސީޒަން ފެށި ފަހަރެވެ. އެކަމަކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރެކޯޑް ކިތަންމެ ފުރިހަމަ ނަމަވެސް ބޭނުންވާ މަގުސަދު އަދިވެސް ހާސިލްނުވާ ކަމަށެވެ.
"މިއީ ވަރަށް ހާއްސަ ކާމިޔާބެއް. މި ރެކޯޑް ކިތަންމެ ހާ ވެސް ފުރިހަމަ. އެކަމަކު އޭގެ އެންމެ ފުރިހަމަ ކަމެއް އަހަންނަށް ހާސިލްނުވަނީ މީގައި ދައްކާނެ ވާހަކައެއް އޮންނާނީ ތަށި ގެންދާ ޓީމާ ހަމައިން ކަމަށްވާތީ. ތަށި ލިބެންދެން މި ގޮތުގައި ކުރިއަށް ދާން އަހަރެންގެ ފޯކަސް ހުރީ،" ކްލޮޕް ބުންޏެވެ.
ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ލިވަޕޫލުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ދެ މިނިޓް ތެރޭ ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ރޮބާޓޯ ފިރްމީނޯ ޖައްސާލި ބޯޅައެއް އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ޖެހި ނަމަވެސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޑިފެންސިވް ގޭމް ރަނގަޅަށް ފެނިގެންދިޔަ މި މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 37 ވަނަ މިނިޓްގައި ފިރްމީނޯ އެވެ. އޭނާ މި ލަނޑު ޖެހީ މުހައްމަދު ސަލާހު ދިން ބޯޅައަކުންނެވެ.
ދެ ވަނަ ހާފުގައި ބަދަލުތަކާ އެކު ޓޮޓެންހަމުން ކުޅުން ރަނގަޅުކުރި އެވެ. ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދޭން ސޮން ހެއުން މިން އާއި ޖިއޮވާނީ ލޮ ސެލްސޯ ފޮނުވާލި ހަމަލާތަށް ދިޔައީ އަރިމަތިން ބޭރުންނެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 4-0 އިން ފުލުގައި އޮތް ނޯވިޗް ސިޓީ ބަލިކޮށްފަ އެވެ. ޗެލްސީ ކުޅުނު މެޗުން އެ ޓީމު ވަނީ 3-0 އިން ބާންލީ ބަލިކޮށްފަ އެވެ. އަދި 10 ކުޅުންތެރިންނާ އެކު މެޗު ނިންމާލި އާސެނަލް ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވެފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ 22 މެޗުން 39 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް 22 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޗެލްސީ-ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް ހަމަނޭވައެއް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ފަހަތުން އަރައި މޮޅުވެ ލިވަޕޫލް ލީޑު ދަމަހައްޓައިފި
އާސެނަލް ބަލިކޮށް ލިވަޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް
ޔުނައިޓެޑް ބަލިކޮށް އާސެނަލް ގަދަ ހަތަރަކަށް
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި