23 ޖެނުއަރީ 2023
ލަންޑަން (ޖެނުއަރީ 22) - ފަހު މިނިޓުގައި އެޑީ ކެޓިއާ ކާމިޔާބު ކުރި ގޯލުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އާސެނަލް ލީގު އެއްވަނައިގައި ފަސް ޕޮއިންޓަށް ލީޑު ދަމަހައްޓައިފި އެވެ.
ލަންޑަން (ޖެނުއަރީ 22) - ފަހު މިނިޓުގައި އެޑީ ކެޓިއާ ކާމިޔާބު ކުރި ގޯލުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އާސެނަލް ލީގު އެއްވަނައިގައި ފަސް ޕޮއިންޓަށް ލީޑު ދަމަހައްޓައިފި އެވެ.
އާސެނަލްގެ މި މޮޅާ އެކު އެޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފަ އެވެ. އެއް މެޗު އިތުރަށް ކުޅެގެން، މިރޭ ވުލްވްސް ބަލިކުރި މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 45 ޕޮއިންޓް ހޯދައިގެންނެވެ.
މިރޭގެ ބައްޔާ އެކު ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ތާވަލްގެ ކުރިއަށް ޖެހިލެވޭގޮތް ނުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް ވެސް ޔުނައިޓެޑާ އެއްވަރަށް 20 މެޗުން 39 ޕޮއިންޓް ލިބިފައި ވާއިރު، ނިއުކާސަލް ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ބޮޑު ތަފާތަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަނގަޅު ފޯމެއްގައި ހުރި މާކަސް ރަޝްފޯޑެވެ. ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ގްރޭނިޓް ޒާކާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކެޓިއާ ޖެހި ގޯލާ އެކު ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.
ސަކާ (ކ) އާސެނަލް އުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ ގޯލެއް ޖަހައި އާސެނަލް އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އާސެނަލް އަށް މި ލަނޑު ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އެކަމަކު އާސެނަލް އަށް ހަމަނޭވައެއް ނުލެވެނީސް އޭގެ ހަ މިނިޓު ފަހުން ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދިނީ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އެވެ.
މާޓިނޭޒް މި ލަނޑު ޖެހީ ޔުނައިޓެޑުން ނެގި ކޯނަރެއް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އަށް މާ ރަނގަޅަށް ޕަންޗުކޮށް ނުލެވުމުން ކުރިމަތީގައި ހުސްކޮށް ހުރެ ކީޕަރު ބޯ މަތިން، ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ޔުނައިޓެޑުން އެއްވަރު ކުރުމާ އެކު އާސެނަލް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ސަކާ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒު ވުމުގެ އިތުރުން ކެޓިއާ ގެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ދިފާއު ކުރި އެވެ. ނަމަވެސް ގިނަ ހަމަލާތަކެއް ޑެހެއާ އާ ހަމައަށް ނުދަނީސް ފަހަތަށް ފައިބައިގެން ކުޅުނު ޔުނައިޓެޑުގެ ކުޅުންތެރިން ވަނީ ބްލޮކް ކޮށްފަ އެވެ.
މާޓިނޭޒް ޔުނައިޓެޑްގެ ދެވަނަ ގޯލު ޖެހުމަށް ފަހު އުފާފާލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އާސެނަލް މޮޅުކޮށްދިން ގޯލު ކެޓިއާ ޖެހީ މެޗުގެ 90 ވަނަ މިނިޓުގަ އެވެ. އޮލެކްޒެންޑާ ޒިންޗެންކޯ ހުރަސްކޮށްލި ބޯޅަ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލުމުން އެ ބޯޅަ ބޭރަށް ނުދަނީސް ކެޓިއާ ވަނީ ގޯލުތެރެއަށް ފޮނުވާލައިފަ އެވެ.
ބޯޅަ ލިބުނު އިރު ޒިންޗެންކޯ އާއި ކެޓިއާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ޔުނައިޓެޑުން އެޕީލް ކުރި ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ނުވާކަމަށް ނިންމައި ގޯލު ބަލައިގަނެފަ އެވެ.
މިއީ ޔުނައިޓެޑް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. އަދި މީގެ ކުރިން ކުޅުނު 10 މެޗުން ވެސް އެޓީމު ބަލި ވެފައެއް ނުވެ އެވެ.
ލީގުގައި މިހާތަނަށް އާސެނަލް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޯލްޑް ޓްރެފޯޑް ގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިންނެވެ.
ޕްރިމިއާ ލީގުގައި މިރޭ ލީޑްސް ޔުނައިޓެޑާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ބްރެންޓްފޯޑް މި މެޗުން ހޯދި ޕޮއިންޓާ އެކު އެޓީމު ވަނީ ލިވަޕޫލް ފަހަތަށް ޖައްސާލައި އަށްވަނައަށް ޖެހިލައިފަ އެވެ.
ބްރެންޓްފޯޑް އަށްވަނައިގައި އޮތީ 20 މެޗުން 30 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް ނުވަވަނައިގައި އޮތީ 19 މެޗުން ހޯދި 29 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 29 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ 10 ވަނައިގައި އޮތީ ޗެލްސީ އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލިވަޕޫލާއި ޔުނައިޓެޑް އެއްވަރުވެ އާސެނަލް އެއްވަނަ އަށް
އާސެނަލްގެ ފަހަތުން ލިވަޕޫލް ވިއްދައިފި
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ރައިސްގެ ހާއްސަގޯލުން އާސެނަލްއިން ޔުނައިޓެޑް ބަލިކޮށްފި
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ޔުނައިޓެޑް ނުހުއްޓޭ، އާސެނަލް އާއި ނިއުކާސަލް އެއްވަރު