15 ޖެނުއަރީ 2021
ޖަރުމަންގެ މަޝްހޫރު ލަގްޒަރީ ފެޝަން ކުންފުނި ހޫގޯ ބޮސްގެ ގްލޯބަލް އެންބެސެޑަރަކަށް ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްވޯތު ހަމަޖައްސައިފި އެވެ.
ޖަރުމަންގެ މަޝްހޫރު ލަގްޒަރީ ފެޝަން ކުންފުނި ހޫގޯ ބޮސްގެ ގްލޯބަލް އެންބެސެޑަރަކަށް ހޮލީވުޑްގެ އެކްޓަރު ކްރިސް ހެމްވޯތު ހަމަޖައްސައިފި އެވެ.
މާވެލްގެ ސުޕަހީރޯ ކެރެކްޓާ "ތޯ" ކުޅޭ އޮސްޓްރޭލިއާ އަށް އުފަން ހެމްސްވޯތު، 37، ވެގެން ދިޔައީ ހޫގޯ ބޮސް ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ހޮލީވުޑްގެ ތަރިއަކަށް ގްލޯބަލް އެމްބެސެޑަރުކަން ދިން ފުރަތަމަ ފަހަރަށެވެ. ހޫގޯ ބޮސް އިން ބުނީ މި އަހަރާއި އަންނަ އަހަރު ކާމިޔާބު އެކްޓަރު ގްލޯބަލް އެމްބެސެޑަރުގެ ދައުރު އަދާކުރާނެ ކަމަށާއި އޭނާއާ އެކީ ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ކެމްޕޭންތައް ފަށައި ގަންނާނީ ކުރިއަށް އޮތް ބަހާރު މޫސުމުގައި ކަމަށެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ނެޓްފްލިކްސްގެ "އެކްސްޓްރެކްޝަން" ގެ ބަތަލަށް ހޫގޯ ބޮސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި ނަމަވެސް އޭނާ އަކީ އެ ބްރޭންޑަށް އާ ފަންނާނެއް ނޫނެވެ.
Starting this year, actor @chrishemsworth will be the first Hollywood star to be appointed global brand ambassador for BOSS. “I've been a huge BOSS fan for a long time, so I’m really happy to now represent the brand’s collections,” says Chris Hemsworth. https://t.co/K34g315eSL pic.twitter.com/bTJRA91bty
— HUGO BOSS Corporate (@HUGOBOSS) January 11, 2021
ދެހާސް ސަތާރަ އިން ފެށިގެން ހެމްސްވޯތު އަންނަނީ ހޫގޯ ބޮސް ސެންޓް އިޝްތިހާރުކޮށްދެމުންނެވެ.
"މި އާ ކޮލަބަރޭޝަނާ އެކު އަހަރެމެންގެ ވަރަށް ގިނަ ޕްރޮޑަކްޓްތައް ހެމްސްވޯތު ޕްރޮމޯޓްކޮށް ދޭނެ." ހޫގޯ ބޮސް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ހުނަރުވެރި އެކްޓަރު ބުނީ މުޅިން އާ ގޮތަކަށް އަނެއްކާ ވެސް ހޫގޯ ބޮސްއާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަހަންނަކީ އަބަދު ވެސް ހޫގޯ ބޮސްގެ ވަަރަށް ބޮޑު ފޭނެއް. މިހާތަނަށް ވެސް އެ ކުންފުންޏާ އެކު ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު،" އެކްޓަރުން ކަމަށްވާ ލިއަމް އާއި ލޫކް ހެމްސްވޯތުގެ ބޭބެ ބުންޏެވެ. "ހޫގޯ ބޮސްގެ ޓީމާ އެކު މަސައްކަތްކުރުމަކީ އަހަންނަށް އަބަދު ވެސް ވަރަށް ބޮޑު އުފަލެއް."
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
މިފަހަރު ވެސް މެޓް ގާލާގައި ވިދާލީ ބްލޭކް ލައިވްލީ
ފެޝަން އައިކޮން ކާލްގެ ވާހަކަ ސީރީޒަކަށް
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި