Roadha Mihaaru

އުރްވަޝީ ކާންސްއަށް ދިޔައީ ހަތަރު ލައްކައިގެ "ގުރައެއް" ހިފައިގެން

މިހާރު ކުރިއަށް ގެންދާ މި އަހަރުގެ "ކާންސް ފިލްމު ފެސްޓިވަލް"އަށް އިންޑިއާގެ މޮޑެލް އުރްވަޝީ ރައުޓެލާ ގެންދިޔަ އަތްދަބަހަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

އުރްވަޝީ ހަތަރު ލައްކައިގެ "ގުރައެއް" ހިފައިގެން

މިހާރު ކުރިއަށް ގެންދާ މި އަހަރުގެ "ކާންސް ފިލްމު ފެސްޓިވަލް"އަށް އިންޑިއާގެ މޮޑެލް އުރްވަޝީ ރައުޓެލާ ގެންދިޔަ އަތްދަބަހަށް ހާއްސަ ސަމާލުކަމެއް ލިބިއްޖެ އެވެ.

"ކާންސް ފިލްމު ފެސްޓިވަލް" ފެށުމަށް އިއްޔެ ބޭއްވި ރެޑްކާޕެޓް އިވެންޓުގައި އުރްވަޝީ ބައިވެރިވި އެވެ. އޭނާއަކީ މިހާރު ގަވާއިދުން އެ ފެސްޓިވަލުގެ ރެޑްކާޕެޓުގައި ބައިވެރިވާ ފަންނާނެކެވެ.

އުރްވަޝީ ހުރީ ނުލާއި ރަތް އަދި ރީނދޫ ކުލައިގެ ސްޓްރެޕްލެސް ސްޓްރަކްޗާޑް އައުޓްފިޓެއްގަ އެވެ. އޭނާގެ އެ ލުކް ފުރިހަމަކުރީ އެއާ ގުޅޭ ޓިއާރާއެއް ބޭނުންކޮށްގެންނެވެ. ނަމަވެސް، އެންމެންގެ ސަމާލުކަން ލިބުނީ އޭނާ ގެންގުޅުނު ކްރިސްޓަލް ހަރުކޮށްފައިވާ "ގުރާ" އަތްދަބަހަށެވެ.

އެއް ފޮޓޯއިން ފެންނަ ގޮތުގައި، އޭނާ އެ އަތްދަބަސް އުފުލައި، އެެއަށް ބޮސްދެ އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، އެއީ ހަންގޭރިއަން-އެމެރިކަން ފެޝަން ޑިޒައިނަރު ޖުޑިތު ލައިބާ ފަރުމާކޮށްފައިވާ 5,495 ޑޮލަރު (ހަތަރު ލައްކަ އިންޑިއަން ރުޕީސް)ގެ އަގުބޮޑު އަތްދަބަހެކެވެ.

ތަފާތު ގޮތްގޮތަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާ އުރްވަޝީ އެންމެފަހުން ކުޅުނު ދެކުނު އިންޑިއާގެ ފިލްމު "ޑާކޫ މަހަރާޖު" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމުގެ ޕްރޮމޯޝަން ދުވަސްވަރު އޭނާގެ ދިން އިންޓަވިއުތަކަށް ވެސް ހާއްސަ ސަމާލުކަމެއް ލިބުނެވެ.