Roadha Mihaaru

ހީނާ އާއި ރޮކީ ކައިވެނިކޮށްފި، ދެން ފަށަނީ އެކުގައި ރިއަލިޓީ ޝޯއެއް

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ހީނާ ޚާން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އިއްޔެ ކައިވެނިކޮށްފި އެވެ.

ހީނާ އާއި ރޮކީ ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ހީނާ ޚާން އާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ރޮކީ ޖެއިސްވާލް އިއްޔެ ކައިވެނިކޮށްފި އެވެ.

ހީނާ އާއި ރޮކީ ކައިވެނިކުރިކަން އިއުލާންކުރީ އިންސްޓަގްރާމްގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ހީނާ ހުރީ ފެއްސާއި ރަނާއި ރިހި ކުލައިން ޑިޒައިންކޮށްފައިވާ ސާޅިއެއް އަޅައިގެންނެވެ. އަދި ރޮކީ ހުރީ ހުދުކުލައިގެ ކުރުތާއެއްގަ އެވެ. އެއީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ކަސްޓަމް ޑިޒައިންތަކެވެ.

ރޮކީ އާއި ހީނާ ރައްޓެހިވީ ހީނާ އެ ޑްރާމާއަކުން މަޝްހޫރުވި ސްޓާ ޕްލަސްގެ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ކުޅުނު ދުވަސްވަރެވެ. ހީނާއަކީ އެ ޑްރާމާގެ ލީޑު އެކްޓްރެސެވެ. އަދި ރޮކީ އަކީ އޭރު އެ ޑްރާމާގެ ސުޕަވައިޒިން ޕްރޮޑިއުސަރެވެ.

އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ އޭގެ އެތައް އަހަރެން ފަހުންނެވެ.

އިންޑިއާގެ އެންމެ ބޮޑެތި ރިއަލިޓީ ޝޯތައް ކަމަށްވާ "ފިއާ ފެކްޓާ: ކަތުރޯ ކީ ކިލާޑީ" އާއި "ބިގް ބޮސް 11" އިން ވެސް އެ ދެމީހުން އެކުގައި ފެނުނެވެ.

ހީނާ އާއި ރޮކީ ކައިވެނިކުރި އިރު އެ ދެމީހުން އެކުގައި އުޅޭނެ އިތުރު ރިއަލިޓީ ޝޯއެއް ގެނެސްދިން ކަލާސް ޗެނަލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެއީ "ޕަތީ ޕަތުނީ އޯރް ޕަންގާ" ކިޔާ ޝޯއެކެވެ.