Roadha Mihaaru

އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން ފުރަތަމަ ފަހަރަށް އިވެންޓަކަށް ހިނގައްޖެ

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން ފުރަތަމަ ފަހަރަށް ޕަބްލިކް އިވެންޓަކަށް ހިނގައްޖެ އެވެ.

އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން ފުރަތަމަ ފަހަރަށް ޕަބްލިކް އިވެންޓަކަށް ހިނގައްޖެ އެވެ.

އާމިރް އޭނާގެ ލޯބިވެރިޔާ ގޯރީ ސްޕްރަޓް ގޮވައިގެން ދިޔައީ ޗައިނާގެ މަކާއޯގައި މިހާރު ކުރިއަށް ގެންދާ މަކާއޯ އިންޓަނޭޝަނަލް ކޮމެޑީ ފެސްޓިވަލަށެވެ. އެ ދެމީހުން އެކުގައި އިވެންޓަށް ގޮސް އުޅޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ.

އެ އިވެންޓުގައި އާމިރް ވަނީ ގޯރީއާ އެކު ފޮޓޯ ނަގަން މީޑިއާ އާއި ޕަޕަރާޒީންގެ ކުރިމަތީގައި ހުއްޓިފަ އެވެ.

އާމިރް އޭނާގެ އާ ލޯބިވެރިޔާ ތައާރަފުކޮށްދިނީ އޭނާގެ 60 ވަނަ އުފަންދުވަހުގެ ކުރިން މުމްބާއީގައި ނޫސްވެރިންނާ ބައްދަލުކުރަން ބޭއްވި އިވެންޓެއްގަ އެވެ.

ގޯރީއަކީ ބެންގަލޫރުގައި ސެލޫނެއް ހިންގާ މީހެކެވެ. އަދި އޭނާގެ މުޅި އުމުރު ދިރިއުޅުނީ ވެސް އެ ސިޓީގަ އެވެ. އޭނާ ކުރިން ކައިވެންޏެއްކޮށް، ހަ އަހަރުގެ ކުއްޖެއް ވެސް ހުރެ އެވެ. އަދި އޭނާ އާއި އާމިރްގެ ރަހުމަތްތެރިކަން އޮންނަތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި އެކަމަކު، އެ މީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ދޮޅު އަހަރު ކުރިން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލޯބިވެރިޔާގެ ނަން ހާމަކުރީ ކީއްވޯ ބައެއް ނޫސްވެރިން އޭރު ސުވާލުކުރުމުން އާމިރް ބުނީ މިހާރު އެމީހުން އުޅެނީ ކޮމިޓެޑް ރިލޭޝަންޝިޕެއްގައި ކަމަށް ވާތީ، އެ މީހުން ރަށްޓެހިވެގެން އުޅޭކަން ސިއްރުކުރަން ބޭނުން ނުވަނީ ކަމަށެވެ.

މި ވާހަކަ މީޑިއާއަށް ހިއްސާކުރުމުން ގޯރީއަށް ލިބޭނެ ސަމާލުކަން ވަރަށް ބޮޑުވާނެތީ، އެކަމަށް ގޯރީ ތައްޔާރުކޮށްދިން ކަމަށް ވެސް އާމިރް ބުނެފައިވެ އެވެ.