ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އާ ލޯބިވެރިޔަކު ހޯދައިފި އެވެ.
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އާ ލޯބިވެރިޔަކު ހޯދައިފި އެވެ.
އިއްޔެ ފާހަގަކުރި އާމިރްގެ 60 ވަނަ އުފަންދުވަހުގެ ކުރިން އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އިންޑިއާގެ މުމްބާއީގައި ބޭއްވި އެ އިވެންޓުގައި އާމިރް ވަނީ އޭނާގެ އާ ލޯބިވެރިޔާ މީޑިއާއަށް ތައާރަފުކޮށްދީފަ އެވެ.
އާމިރްގެ އާ ލޯބިވެރިޔަކީ ބެންގަލޫރުގައި ދިރިއުޅޭ ގޯރީ ސްޕްރަޓް އެވެ. ނަމަވެސް، އޭނާއާ ގުޅޭ މާ ގިނަ ވާހަކަތަކެއް އާމިރް ނުކިޔައިދެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ގޯރީއަކީ ބެންގަލޫރުގައި ސެލޫނެއް ހިންގާ މީހެކެވެ. އަދި އޭނާގެ މުޅި އުމުރު ދިރިއުޅުނީ ވެސް ބެންގަލޫރުގަ އެވެ. އޭނާ ކުރިން ކައިވެންޏެއްކޮށް، ހަ އަހަރުގެ ކުއްޖެއް ވެސް ހުރެ އެވެ. އަދި އޭނާ އާއި އާމިރްގެ ރަހުމަތްތެރިކަން އޮންނަތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި އެކަމަކު، އެ މީހުން ލޯބީގެ ގޮތުން ގުޅުނީ މީގެ ދޮޅުއަހަރު ކުރިން ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ލޯބިވެރިޔާގެ ނަން ހާމަކުރީ ކީއްވޯ ބައެއް ނޫސްވެރިން ސުވާލުކުރުމުން އާމިރް ބުނީ މިހާރު އެމީހުން އުޅެނީ ކޮމިޓެޑް ރިލޭޝަންޝިޕެއްގައި ކަމަށް ވާތީ، އެ މީހުން ރަށްޓެހިވެގެން އުޅޭކަން ސިއްރުކުރަން ބޭނުން ނުވަނީ ކަމަށެވެ.
މި ވާހަކަ މީޑިއާއަށް ހިއްސާކުރުމުން ގޯރީއަށް ލިބޭނެ ސަމާލުކަން ވަރަށް ބޮޑުވާނެތީ، އެކަމަށް ގޯރީ ތައްޔާރުކޮށްދިން ކަމަށް ވެސް އާމިރް ބުންޏެވެ.
"މި ކަންތައްތައް ކިހިނެއް ވާނެ ކަމާއި މީޑިއާގެ ސަމާލުކަން މާ ބޮޑަށް ކުރިމަތިވާނެ ކަމާއި، އޭނާ މިކަމަށް ތައްޔާރުކުރަން އަހަރެން މަސައްކަތްކޮށްފައިވާނެ. އޭނާއަށް މިއީ ވަރަށް އާ ކަމެއް. އެކަމަކު އަހަރެން އުއްމީދުކުރަނީ ތި ނޫސްވެރިން އޭނާއަށް އޯގާތެރިވާނެ ކަމަށް،" އާމިރް ބުންޏެވެ.
އާމިރް ބުނީ ގޯރީގެ ރައްކާތެރިކަމަށްޓަކާ ޕްރައިވެޓް ސެކިއުރިޓީ ވެސް އޭނާ މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އާމިރް މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެ އެވެ. އެއީ ރީނާ ދައްތާ އާއި ކިރަން ރާއޯއާ އެވެ. އޭނާ ކިރަން ވަރިކުރީ 2021 ވަނަ އަހަރު އެވެ. އޭނާގެ ދެ ކުދިން ވެސް ތިބެ އެވެ. އެއީ ޖުނައިދު ހާން އާއި އިރާ ހާނެވެ.
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
މުނައްވަރާއި އޭނާގެ ލޯބިވެރިޔާގެ ލަވައެއް
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސޮނާކްޝީ އާއި ޒަހީރު ރައްޓެހިވެގެން އުޅޭ ކަމަށް ބުނެފި