09 ޖޫން 2022
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި ޓީވީ އެކްޓަރު ރާގޭޝް ބަޕަޓް ރުޅިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ކޮއްކޮ ޝަމީތާ ޝެޓީ އާއި ޓީވީ އެކްޓަރު ރާގޭޝް ބަޕަޓް ރުޅިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝަމީތާ އާއި ރާގޭޝް ރައްޓެހިވީ މިދިޔަ އަހަރުގެ ފަހުކޮޅު ދެއްކި "ބިގް ބޮސް"ގެ ސްޓްރީމިން ޝޯގެ ތެރެއިންނެވެ. ޝޯއަށް ފަހު ވެސް އެ ދެ ތަރިން ވަރަށް ސީރިއަސް ގުޅުމެއް ބޭއްވި މަންޒަރު ފެނުނެވެ. ޝަމީތާގެ އާއިލާގެ މެމްބަރުންނާ އެކު ރާގޭޝް ގިނަ ވަގުތުތަކެއް ހޭދަކުރިޔަސް، އެމީހުންގެ ގުޅުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށްވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެ ލޯބީގެ ގުޅުން ނިމުމަކަށް ގެނައީ ދެމީހުން ވެސް އެއްބަސްވެގެންނެވެ. އަދި ރައްޓެހިންގެ ގޮތުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އެ ދެ ތަރިންނާ ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ ރިޕޯޓްތައް ބުންޏެވެ.
ޝަމީތާ އާއި ރާގޭޝް ރުޅިވިއިރު ވަރަށް ފަހުން އެ މީހުން ވަނީ ލޯބީގެ މިއުޒިކް ވީޑިއޯއެއް ކުޅެފައި ކަމަށާއި ވަރަށް އަވަހަށް އެ ލަވަ ވެސް ރިލީޒްކުރާނެ ކަމަށްވެ އެވެ.
އެ ދެ ތަރިން ރުޅިވި ކަމަށް ރިޕޯޓްތައް ބުންޏަސް ރާގޭޝް އާއި ޝަމީތާގެ އިންސްޓަގްރާމްގަައި އެކަކު އަނެކަކާ އެކު ނަގާފައިވާ ފޮޓޯތައް އަދިވެސް ޑިލީޓެއް ނުކުރެ އެވެ. އަދި އެ އަޑުތަކާ ގުޅިގެން އެމީހުން ވަކި އެއްޗެއް ވެސް ނުބުނެ އެވެ.
އުމުރުން 43 އަހަރުގެ ޝަމީތާ އަކީ މިހާތަނަށް ކައިވެންޏެއްކޮށްފައިވާ ތަރިއެއް ނޫނެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުންނާ މީގެ ކުރިން ވެސް ޝަމީތާ ރައްޓެހިވެގެން އުޅުނެވެ.
ޓީވީ ޝޯތަކުން މަޝްހޫރުވި، ރާގޭޝް، 43 އަކީ ޓީވީ ތަރި، ރިދީ ޑޯގްރާގެ ކުރީގެ ފިރިމީހާ އެވެ. ރާގޭޝް އާއި ރިދީ 2011 ގައި ކުރި ކައިވެނި ރޫޅުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި
ސިދާތާއި ކިއާރާ، ރުޅިއެއް ނުވޭ
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
"ފިރިހެން އެކްޓަރަކަށް ލިބޭވަރު ހޯދެނީ ވަރަށް ހާލުން"
ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދީ؟
އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި
ޑޭޓްކުރަން ރަނގަޅު ފިރިހެނަކު މިހާރު ނުލިބޭ: ކްރިތީ
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ
ކުއްޖަކު ހޯދަން އާއިލާއިން ޕްރެޝާ ނުކުރޭ: ވިކީ