05 މެއި 2022
ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އާއި އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ރުޅިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނިތާ މަހެއް ނުވަނީސް، އެ ދެ ތަރިން އެކުގައި ފެނިއްޖެ އެވެ.
ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާ އާއި އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ރުޅިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނިތާ މަހެއް ނުވަނީސް، އެ ދެ ތަރިން އެކުގައި ފެނިއްޖެ އެވެ.
ސިދާތާއި ކިއާރާ ރައްޓެހިވީ މީގެ ތިން ވަރަކަށް އަހަރު ކުރިންނެވެ. ވަރަށް ލޯބިން ދެ ތަރިން އުޅެމުން އަންނަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރީ އެ ދެ ތަރިންގެ މެދުގައި ބޮޑު މައްސަލައެއް ޖެހިގެން ވަކިވެފައިވާ ކަމަށެވެ.
ކުއްލިއަކަށް ސިދާތާއި ކިއާރާ ރުޅިވުމުން ސަޕޯޓަރުން މާޔޫސްވެފައި ތިއްބާ، އަނެއްކާ ވެސް އެމީހުންގެ ގުޅުމަށް އިތުރު ފުރުސަތެއް ދިނީ ކަމަށް ބެލެވޭ އިޝާރާތެއް ވަނީ ދީފަ އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން ބޮލީވުޑްގެ ތަރިންނަށް އިންތިޒާމުކުރި ޕާޓީއެއްގައި ސިދާތާއި ކިއާރާ ބައިވެރިވެފައި ވަނީ އެކުގަ އެވެ.
އެތަނުގެ ބޭރުގައި ޕަޕަރާޒީން ތިބުމުން ދެމީހުން ވަކިވަކިން ފޮޓޯ އަށް ހުއްޓުނު ނަމަވެސް، ޕާޓީގެ ތެރޭގައި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ފެޝަން ޑިޒައިނަރު މަނީޝް މަލޯތުރާ އާއި ކަރިޝްމާ ކަޕޫރާ އެކު ކިއާރާ އާއި ސިދާތު ފޮޓޯއަކަށް ހުއްޓިގެން.
ދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކޮށް އަލުން ރައްޓެހިވީ ކަމަށް ގަބޫލުކޮށް ސަޕޯޓަރުން އަންނަނީ ތަހުނިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އަދި އެ ޖޯޑް ވަރަށް ގުޅޭ ކަމަށާއި ކައިވެނިކުރާ ތަން ދެކެން ބޭނުންވާ ކަމަަށް ވެސް ސަޕޯޓަރުން ބުނެ އެވެ.
ސިދާތާއި ކިއާރާ ވަނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޝޭރްޝާހް" އިން ވެސް ފެނިފަ އެވެ. އެއީ އެ ދެ ތަރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި ވެސް ދެ މީހުންގެ ކެމިސްޓްރީ އެހާ ދިމާވާތީ ސަޕޯޓަރުންނަށް ސިދާތާއި ކިއާރާގެ ޖޯޑު ވަރަށް ބޮޑަށް ކަމުދިޔަ އެވެ.
ވިޖޭ އާއި ރަޝްމިކާ "ސިއްރުން" މެންދުރުގެ ކެއުމަކަށް
އަހަރެން މިހާރު ސިންގަލް: އަރްޖުން
ތާރާ އާއި އަނުރޯދޭ ޑޭޓް ކުރަނީ؟
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ތުރިޕްތީ ލޯބިވެރިޔާއާ އެކު ސައިކަލުގައި ހިނގައްޖެ
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
އަނަންޔާގެ އާ ލޯބިވެރިޔަކީ އެމެރިކާ މީހެއް
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް