03 އޯގަސްޓް 2024
ބޮލީވުޑްގެ އެކްޓްރެސް ތާރާ ސުތާރިއާ އާއި އެކްޓަރު އަނުރޯދޭ ސިންގް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބޮލީވުޑްގެ އެކްޓްރެސް ތާރާ ސުތާރިއާ އާއި އެކްޓަރު އަނުރޯދޭ ސިންގް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ދެމީހުން ވަރަށް ގިނައިން ޑޭޓްތަކަށް ވެސް ދާ ކަމަށްވެ އެވެ.
މި ގުޅުމުގެ އަސްލު ފެށުމަކަށް ވީ އެ ދެމީހުންގެ ހިތުގައި އާޓް އާއި އިނގިރޭސި ލިޓްރޭޗާއަށް އޮންނަ ޝައުގުވެރިކަން ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
ތާރާގެ އާއިލާއަށް އަނުރޯދޭ ވަރަށް ކަމުދާ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ނަމަވެސް މި ގުޅުމާ ބެހޭ ގޮތުން ޕަބްލިކްގައި އެ ދެމީހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ތާރާ އެންމެފަހުން ރައްޓެހިވެގެން އުޅުނީ އެކްޓަރު އާދާރް ޖެއިންއާ އެވެ. އެއީ ރަންބީރް ކަޕޫރްއާ ދެބެންގެދެދަރި މީހެކެވެ. އެ ދެމީހުން ރައްޓެހިވީ 2020 ގަ އެވެ. އެ ދެމީހުން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް ވަކިވީ 2022 ވަނަ އަހަރު އެވެ.
އަނުރޯދޭ އަކީ އެހާ މަޝްހޫރު އެކްޓަރެއް ނޫނެވެ. ނަމަވެސް ބައެއް މަޝްހޫރު ފިލްމުތަކާއި ވެބް ސީރީޒްތަކުގައި އޭނާ ވަނީ ސަޕޯޓިން ރޯލުތައް ކުޅެފަ އެވެ.
ލޯބީގެ ލަވައެއް ކުޅެފައި ޝަމީތާ އާއި ރާގޭޝް ރުޅިވެއްޖެ
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި
ސިދާތާއި ކިއާރާ، ރުޅިއެއް ނުވޭ
އަދިތުޔަ އާއި އަނަންޔާ ވަކިވެއްޖެ
އަނަންޔާ އާއި އަދިތުޔަ އެކުގައި އިޝްތިހާރެއް ކުޅެފި
ޑޭޓްކުރަން ރަނގަޅު ފިރިހެނަކު މިހާރު ނުލިބޭ: ކްރިތީ
ޝުބްމަންއާ ލޯބީގެ ގުޅުމެއް ނޯވޭ: ސާރާ
ކުއްޖަކު ހޯދަން އާއިލާއިން ޕްރެޝާ ނުކުރޭ: ވިކީ
ރުބީނާ އިނީ އަލަތު ދަރިފުޅަށް ބަލިވެ
އަރްމާން މާލިކް އެންޖޭޖުވެއްޖެ