Roadha Mihaaru
ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި

ސޮނާކްޝީ އެންގޭޖްވެއްޖެ؟ ލޯބިވެރިޔާ ނުދެއްކި

10 މެއި 2022

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

ސޮނާކްޝީ ވަނީ އަތުގައި ޑައިމަންޑް ރިންގެއް އަޅައިގެން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އޭނާ އެ ފޮޓޯތަކަށް ހުއްޓިގެން ހުންނަނީ ފިރިހެނެއްގެ އަތުގައި ހިފައިގެންނެވެ. އެކަމަކު އެ މީހާގެ މޫނެއް އެ ފޮޓޯތަކުގައި ނުފެނެ އެވެ.

އެހެންވެ، ސޮނާކްޝީ އެންގޭޖުވީ ކަމަށް ހީކޮށް ސަޕޯޓަރުން ދަނީ އޭނާ އަށް މަރުހަބާގެ މެސެޖްތައް ފޮނުވަމުންނެެވެ. އެކަން ކަށަވަރުކޮށް ނުދިން ނަމަވެސް، ސޮނާކްޝީ އާންމުކުރި ޕޯސްޓާ އެކު ޖަހާފައިވާ ކެޕްޝަނުން ބޮޑަށް ގަބޫލުކުރެވެނީ ވެސް އެންގޭޖުވީ ކަމަށެވެ.

"އަހަންނަށް ވަރަށް ބޮޑު ދުވަހެއް. އަހަރެންގެ އެންމެ ބޮޑު އެއް ހުވަފެން ހަގީގަތަކަށް ވަނީ. އެ ޚަބަރު ހިއްސާކުރަން ކެތްމަދުވެފައި މިހުރީ،" ސޮނާކްޝީ ބުންޏެވެ.

އެގޮތަށް ފޮޓޯތަކެއް އާންމުކުރިއިރު ސޮނާކްޝީ އާއި އެކްޓަރު ޒަހީރު އިގްބާލް ރައްޓެހިވެގެން އުޅޭ ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.

ސޮނާކްޝީ ސިންހާ އޭނާ އެންގޭޖުވި ކަމަށް ބުނާ ޒަހީރު އިގްބާލްއާ އެކު.

ސޮނާކްޝީ ސިންހާ އޭނާ އެންގޭޖުވި ކަމަށް ބުނާ ޒަހީރު އިގްބާލްއާ އެކު.

ޒަހީރަކީ ސަލްމާން ޚާންގެ ގާތް އެކުވެރިއެއްގެ ދަރިއެކެވެ. އޭނާ ބޮލީވުޑަށް ނިިކުމެފައި ވަނީ ސަލްމާންގެ އެހީތެރިކަމާ އެކު 2019 ވަނަ އަހަރު ނެރުނު "ނޯޓްބުކް" އިންނެވެ.

އެ ދެ ތަރިން އެކުގައި ފިލްމު "ޑަބަލް އެކްސްއެލް" ގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.